ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިންގައި ށ އަތޮޅުގެ ބައެއް ރަށްތަކުގައި ގާސިމް ދޮރުން ދޮރަށް ހިންގަވަނީ!

ގާސިމް ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ށ އަތޮޅުގެ ބައެއް ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.

ހދ އިން ގާސިމްގެ ކެމްޕެއިން ދަތުރުތައް އަތޮޅު ތެރެއަށް ފަށާފައިވާއިރު، ށ ގެ 4 ރަށަކަށް ގާސިމް ވަނީ އިއްޔަ ވަޑައިގެންފައެވެ. މިއަދު މި އަތޮޅުން ޖުމްލަ 8 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ޕާޓީގެ ފަރާތުން މައުލޫމާތުދީފައިވާއިރު، ގާސިމް ފުރަތަމަ ވަޑައިގެންނެވީ ފުނަދޫއަށެވެ. އެ ރަށުން ގާސިމްއަށް ކިއީ ހޫނު މަރުހަބާއެއްކަމަަށް ފާހަގަކޮށް ޕާޓީގެ ލީޑަރޝީޕްގެ ބޭފުޅުން ވަނީ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފުނަދޫގައި ގާސިމް ދެއްކެވި ވާހަކައިގައި، މީގެ 15 ވަރަކަށް އަހަރު ކުރިން ގައުމު އޮތް ހާލަތު ބަދަލުކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. ގައުމު އަނެއްކާވެސް އޮތީ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަންޖެހޭ ހާލަތުގައިކަމަށް ސިފަކޮށް، ގާސިމް ވިދާޅުވީ ރާއްޖޭޣައި އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ނުރައްކަލެއްކަމަށެވެ. މިކަމުން  ސަލާމަތްވާން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަމަށް ގާސިމް ވަނީ އެކި ފުރުސަތުތަކުގައި ވިދާޅުވެފައެވެ.

މި ޖަލްސާގައި ގާސިމްގެ ކެމްޕެއިން އެޖެންޓް އަލީ ވަހީދު ވިދާޅުވީ ރަށްރަށަށް ހާއްސަކޮށް ޖޭޕީއިން އެކުލަވާލާ މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރައްވާނެކަމަށެވެ.

އެއަށްފަހު ށ ޅައިމަގަށް ވަޑައިގެން ގާސިމް ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދޮރުން ދޮރަށް ހިންގަވާފައެވެ.

މިއަދު ގާސިމް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި މާއުނގޫދޫ، މަރޮށި، ނަރުދޫ، ފީވައް، ފޯކައިދޫ އަދި ބިލެތްފަހި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: