ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމަށް ގެއްލިފައިވާ އިތުބާރު ހޯދިއްޖެ: ރައީސް ޞާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނީ ވަކީލުންނާއި ބެހޭ ޤާނޫނު ތަންފީޒްކުރެވި އަަމަލުކުރެވެމުންދިއުމާއި ގުޅިގެން ޝަރުއީ ނިޒާމަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރ.މީދޫއަށް ވަޑައިގެން އެރަށުގައި ކުރިއަށްދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ޝަރުއީ ދާއިރާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް އޮތުން ހައްލުކުރެވި، މި ފަސް އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ މައްޗަށް ގެއްލިފައިވާ އިތުބާރު އަނބުރާ މި ފަސްއަހަރުގެ ތެރޭގައި ހޯދިފައިވާކަމުގައި ވިދާޅިވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގެ ހަތަރު ބައެއް ހާމަކޮށްފައިިވާނެކަމަށާއި، ހެޔޮ ވެރިކަމުގެ ސިޔާސަތުގެ ދަށުން އިންސާފު ޤާއިމްކުރުމަކީ އިންސާފު އަވަހަށް ލިބުމަށް އެޅޭނެ ބިންގަލެއްކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމަށް އައި އިންސާފު ހޯދައިދިނުމަށާއި އަނިޔާވެރިކަން ހުއްޓުމަށްކަން ފާހަގަކޮށް ވިދާޅުވީ، އިންސާފު ނުލިބި ވެރިންގެ ގާތަށް އާދޭސް ކުރަން ޖެހޭ ޖެހުމަށް އެމްޑިޕީގެ ސަރުކާރުތަކުގައި އިސްކަމެއް ދޭކަމުގައެވެ. އަދި އެޕާޓީގެ ސިޔާސަތުތައް ބައްޓަންވާނީ އިންސާފްވެރިކޮށްކަމުގައި ވިދާޅުވިއެވެ.

”ޝަރުއީ ދާއިރާއަސް އިތުބާރު ހޯދިއްޖެ. ސުޕްރީމް ކޯޓަށް އޮތް އިރުބާރު ލިބިއްޖެ. އަންހެން ފަނޑިޔާރުން އިތުރު ކުރެވި ސުޕްރީމް ކޯޓްގެ ބެންޗަށް އަންހެން ފަނޑިޔާރު ހަމަޖެއްސިއްޖެ.“ ރައީސް ޞާލިހް ވިދާޅުވިއެވެ.

އުފާންވެރި އަމާން ރާއްޖެއެއް ހޯދައިދިނުމުުގައި ވަކި ރަށެއް، ވަކި ފިކުރަކަށް ނުބަލައި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާއި ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް އެމަނިފާނުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީދޫގެ ގިނަ ރައްޔިތުންނަކީ ރަށުގެ ތަރައްޤީ ކުރި އެރުވުމަށް ބޭނުންވާ ރައްޔިތުންތަކެއް ތިބި ރަށެއްކަމަށާއި، އެހެންކަމުން ރަށްުގެ ތަރައްޤީއަށްޓަކައި މީދޫގެ މެޖޯރިޓީ އެމަނިކުފާނަނަށް ދެއްވުމަށް ރައީސް ޞާލިހް ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ތަރްއްޤީއަށްޓަކައި މީދޫވެސް އެމްޑީޕީއާއި އެކު ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ.

މީދޫގެ ރައްޔިތުން އެދިފައިވާ އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، މީދޫ ކައިރީގައި ހުރި ރިސޯޓްތަކުން އެރަށުގެ ބަނދަރު ބޭނުން ކުރަމުންދާތީ އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަން އިތުރުކުރުމަށް މީދޫއަށް ބޭނުންވާ ބިން އިތުރުކޮށް ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދެއްވާނެކަމުގައި ވިދާޅިވިއެވެ. ކުރިއަށް އަހަރުގައި އެރަށުުގެ ބިން ހިއްކައި ހައުސިންގ މަޝްރޫޢުއެއް ފަށާނެކަމަށާއި ރަށުގެ މަގުތައް ޒަމާނީ ފެނަވަރަށް ހަދައިދީ ތާރު އަޅައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި މީދޫގައި ބޮޑު މިސްކިތެއް އަޅައި އައު އިންޖީނުގެއެއް އެޅުމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ޒުވާނުން ބޭނުންވާ ވޮލީ އަދި ފުޓްބޯޅަ ކޯޓް އަޅާއިދީ ކޮމިއުނިޓީ ސެންޓާރެއް ޤާއިމްކޮށްދޭނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

މިހާތަނަށް ކެމްޕޭންގެ ތެރޭގައި ދެވުނު ހުރިހާ ރަށަކުންވެސް ފެނުނީ ވަރަށް އުއްމީދީ މަންޒަރެއްކަމަށާއި އެއްބުރުން މި އިންތިޚާބު ނިމިގެންދާނެކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

”ރައްޔިތުންގެ އިތުބާރު ވަނީ ހޯދިފަ. ކުރި މަސައްކަތް ރައްޔިތުން ބަލައިގެންފި. ކުރިއަށް އޮތް ތަނުގައިވެސް ކުރަން ހުރި މަސައްކަތްތައް ކުރިއަށްދާނެކަަމަށް ވައުދުވަން.“ ރައީސް ޞާލިހް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިހްއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ރ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: