އެމްޑީޕީއިން 4 ފަހަރަށްވެސް ރިޔާސީ އިންތިޚާބަށް ނިކުމެފައިވާނީ ހެޔޮ ވެރިކަން މެނިފެސްޓޯގައި ހިމަނައިގެން ހެޔޮ ވެރިކަމެއް ކުރުމަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ރ. ކިނޮޅަހަށް ވަޑައިގެން ރައީސް ޞަލިހް ދެއްކެވި ވާހަކަައިގައި އެމަނިކުފާނު ވިދާޅުވީ، ހެޔޮ ވެރިކަމައް ކުރެވޭނީ އަމިއްލައަށް ފެންނަ ގޮތް އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުބަލައި، ރައްޔިތުން ބޭނުންވާ ގޮތައް ވެރިކަން ކުރުމުން ކަމުގައެވެ.
އެގޮތުން ރާއްޖޭގެ ކުރީގެ ވެރިކަންތަކަށް ބަލާއިރު، ވެރިކަންތައް ނިމޭ އިރު، ރައްޔިތުން އެއް އަޑަކުން ގޮވަމުން އަންނަނީ ވެރިކަން ބަދަލް ކުރަން ބޭނުންވާ ވާހަކަ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިހާރު މި އޮތް އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު ވީ ވައުދުތައް ފުއްދިފައިވާކަމަށާއި ދެންވެސް ވާ ވައުދުތައް ފުއްދައިދޭނެކަން ރައްޔިތުންނަށް ފެނި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަމަށް ވިދާޅުވުއެވެ.
ކިނޮޅޮހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓްގައިވެސް އެމަނިކުފާނަށް 87 އިންސައްތަ ވޯޓް ލިބުންކަމަށާއި ރައިސް ޔާމީންނަށް އެ އިންތިޚާބުގައި ލިބިވަަޑައިގެންނެވީ 13 އިންސައްތަ ވޯޓްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނަށް ކިނޮޅޮހުން 238 ވޯޓް ލިބިވަޑައިގެންކަމަށް ވިދާޅުވިއެވެ. އަދި މިއަދުވެސް އެ ރަށުން ފެނުނީ އެމަނިކުފާނަށް އޮތް ތާއިދު ކަމަށް ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބިގައިވެސް ލިބުނު މަރުހަބާ މިއަދުވެސް ލިބުންކަމުގައި ވިދާޅުވިއެވެ.
މިހާރު ކުރަމުން މި އަންނަ ކެމްޕޭން ދަތުރުތަކުން އެމްޑީޕީއިން މި ބޭނުންވާ ”އުފާވެރި އަމާން ރާއްޖެ“ ހޯދުމަށް ބޭނުންވި މަންޒަރުތައް ފެނި އުފާވެރި އަމާން ރާއްޖެއެއްގެ ބިންގާ އެޅިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް މިގެނެވޭ ތަރައްޤީގެ އެންމެ ބޮޑު ބިންގަލަކީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުންކަމަށް ފާހަގަކުރައްވާ ރައިސް ޞާލިހް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ވެސް އެކުލެވިގެން ވަނީ ލާމަރުކަޒީ އުސޫލްތަކުގެ މައްޗަށްކަމަށެވެ. ކައުްނސިލްތައް ބާރުވެރިކޮށް ކޮންމެ ކަމެއްގައި ރައީސް އޮފީހަށް ސިޓީ ފޮނުވަން ވެއްޖެ ނަމަ، 5 އަހަރުގެގެ ތެރޭގައި މަސައްކަތްތައް ނުކުރެވޭނެކަމަށާއި ހެޔޮ ވެރިކަމައެއްވެސް ނުކުރެވޭނެކަމުގައި ވިދާޅުވިއެވެ.
”އަދިވެސް ކައުންސިލްތަކަށް ބާރުވެރިކަން ދޭނަން. ގިންތީގެ ހަމަތަކާއި، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުނުް އިތުރުކުރާނަން. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނަން.“ ރައީސް ޞާލިހް ވިދާޅުވިއެވެ.
ބާރުތައް ރަށްރަށަށް ދޫކުރާއިރު މާލޭގައި ހުރި މަސައްކަތްތަައް ރަށްތަކަށް ބަދަލް ކުރާނެކަމަށާއި، ރިމޯޓް ވޯކިންގް މަސައްކަތްތައް ޑިޖިޓަލީ ކުރެވޭނެ އުސޫލްތައް ޤާއިމްކޮށް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތައް ރަށު ކައުްނސިލްތަކާއި ގުޅިގެން ކުރެވޭނެ ގޮތައް އެމަސައްކަތް ކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ.
މީގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި ރަށުގައި ތިބެގެން މަސައްކަތް ކުރެވި އާއިލާއެއް ގޮވައިގެން އުޅެވޭނެ ތަނަވަސްކަން ހުރިހާ މުވައްޒަފުްނަށް ހޯދައިދޭނެކަމުގައި ވިދާޅުވިއެވެ. އަދި މިއާއި އެކު މުސާރައިގެ އޮނިގަނޑަށް ޖެނުއަރީ މަހުން ފެށެިގެން ބަދަލް ގެނެވޭނެކަމުގައި ވިދާޅުވިއެވެ.
ކައުންސިލްގެ އިމާރާތް ނެތް ރަށްތަކުގައި އިމާރައްތައް އަޅައި ރަށު އޮފީސްތައް މަރާމާތުކޮށްދޭނެކަމުގައި ރައީސް ޞާލިހް ވިދާޅިވިއެވެ. އަދި ފްލެކްސިބިލިޓީ ޓައިމްގައި މަސައްކަތް ކުރުމަށް ރޯދަމަހުގެ ފަހު 10 ގައި ގޭގައި މަސައްކަތް ކުރެވޭ ގޮތް ހައްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
”ރަށު ފަތުރުވެރިކަމަށް މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯން ދެވޭނެ. ކިނޮޅަހުގެ ތަރައްޤީއަށް ބޭނުންވާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނަން. ކައުންސިލްއަށާއި ސްކޫލްއަށް ބޭނުންވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސްކޫލް މަލްޓިޕާޕަސް ހޯލް އަކާއި ހޮސްޕިޓަލް އަޅައި ދޭނަން. އިންޑޯރ ސްޕޯޓްސް ހޯލްއެއް އަޅައިދޭނަން.“ ރައީސް ޞާލިގް ވިދާޅުވިއެވެ.
ކޮނިޅޮހުގެ ހުރިހާ ރައްޔިތުން ނިކުމެ އެމްޑީޕީއާއި ގުޅިފައިވާ ޕާޓިތަކުގެ ކޯލިޝަނަސް ވޯޓް ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވުއެވެ.

