ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ޓީވީގެ ރިޔާސީ ބަހުސްއަށް ވަޑައިނުގެންނެވޭނެކަމަށް ރައީސް ޞާލިހް އަންގަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ސެޕްޓެމްބަރުމަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްއަށް ވަޑައިނުގެންނެވޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަންގަވައިފިއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރި ނުވެވޭނެކަމަށް ވިދާޅުވެ ސަންގަށް އެކަން އަންގަވާފައިވަނީ ރައީސް ޞާލިހްގެ ކެމްޕޭން މެނޭގަރ މުހައްމަދު ނާޝިޒްއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި ބަހުއްސެއް ބޭއްވުމަށް ސަންގުން ހަމަޖައްސައި ފޮނުވި ދަޢުވަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ފިޔަވައި ހުރިހާ ކެންޑިޑޭޓުން ވަނީ ގަބޫލްކުރައްވާފައެވެ.

އެހެން ނަމަވެސް އަދިވެސް ބަހުސްގައި ބައިވެރިވުމަށް އެދި މިކަމުގައި ގޮތެއް ނިންމައިދިނުމަށް އެދި އިތުރު ސިޓީއެއް ސަންގު ޓީވީއިން ވަނީ މިރޭ ރައީސްގެ ކެމްޕޭން ޓީމަށް ފޮނުއްވާފައެވެ.

”ސަންގު ބަހުސް“ އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ބަހުސް ސަންގުޓީވީން ކުރިއަށް ގެންދަން ބޭނުން ވަނީ ރާއްޖޭގެ އެހެން ޓީވީ ސްޓޭޝަންތަކާއި ގުޅިގެން ކަމަށް ވާތީ އެ ދައުވަތު ވެސް ސަންގުޓީވީން ވަނީ ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: