ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ބުރިޖެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ!

ވެއްޓުނު ބުރިޖު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ބިނާކުޔރަމުންދިޔަ ރޭލުވޭ ބުރިޖެއް ހަލާކުވެގެން ވެއްޓުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ އިތުރު ބަޔަކު މީހުން ގެއްލިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ބުނާގޮތުން، ހަލާކުވެޖެން ވެއްޓިފައިވަނީ އިންޑީއާގެ އުތުރު އިރުމަތީ ފަރާތުގައި ހުންނަ މިޒޯރާމް ކިޔާ ސަރަހައްދެއްގެ އަވަށެކެވެ. ރިޕޯޓުތަކުގައިވާގޮތުން، ހާދިސާ ހިނގި ވަގުތު ސާޅީހާއި ގާތް ކުރާ އަދަދެއްގެ މީހުން އެ ސަރހައްދުގައި މަސައްކަތްކުރުމަށް ހާޒިރުވެ ތިއްބެވެ. އަދި މިވަގުތު އެ ހާދިސާ ހިނގުމަށް ދިމާވި ސަބަބެއް ސާފުނުވާކަމަށާއި ރޭލު ދުއްވުމާއި ބެހޭ މުއައްސަސާއިން ވަނީ ތަހުގީގުތައް ފަށާފައިކަމަށް ބުނެފައިވާއިރު، ތިން މީހަކު ސަލާމަތްކުރެވިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކާމަށް ވިދާޅުވެފައެވެ. އަދި މަރުވެފައިވާ މީހުންގެ އާއިލާތަކަށް އެ ގައުމުގެ ސަރުކާރުން 2،400 ޑޮލަރު ދޭނެކަމަށްވެސް ބުނެފައިވެއެވެ. ރޭލު ދުއްވުމާއި ބެހޭ މުއައްސަސާގެ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، ހާދިސާގައި ހިމެނޭ އެންމެނަކީވެސް ވެސްޓު ބެންގަލް އަށް ނިސްބަތްވާ މީހުންނެވެ. މިޒޮރާމް ސަހަހައްދުގެ ހޯމް މިނިސްޓަރުވަނީ އެ ހާދިސާއަކީ ހިތާމަވެރި ކަމެއްކަމަށް ބުނެފައެވެ. އަދި ލިބިފައިވާ ހިތާމައިގެ ފުންކަން ބަޔާންކުރަން ނޭނގޭކަމަށާއި ގެއްލުންތައް ލިބިފައިވާ އާއިލާތަކަށް ހަމްދަރުދީ ވާކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ހަލާކުވެފައިވާ ބުރިޖަކީ 51 ކިލޯމީޓަރުގެ ރޭލު ދުއްވާ މަގެއްގެ ބައެކެވެ. މި މަގުގެ މަސައްކަތްތައް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެކަމަށް ކުރިން އަންދާޒާކޮށްފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން، މިފަދަ ހާދިސާތައް އިންޑިއާގައި ހިނގަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ގުޖުރާތުގައި ހުރި ބުރިޖެއް ވެއްޓުމުގެ ސަބަބުން 140 އަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: