ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއާއި މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ޙިދުމަތް 24 ގަނޑިއިރަށް އިތުރުކޮށްފި

އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބަދަލުގެނައުން: ފޮޓޯ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލެއާއި މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަނޑިއިރު ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މީގެ ކުރިން 00:15 އަށްފަހު ބަހުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް 31 އޮގަސްޓް 2023 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީއިން ފޯރުކޮށްދޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތުން މާލެއާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓް ޕާކް ރޫޓުތަކުގެ ދަތުރުތައް ކޮންމެ ދުވަހު 24 ގަނޑިއިރު ފޯރުކޮށްދެމުން ގެންދާނެއެވެ.

ދަންވަރުގެ ބަސް ޝެޑިއުލް.

އެގޮތުން 00:15 ގައި އޮންނަ ދަތުރަށް ފަހު ފަތިހު 05:15 ވަންދެން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރުކުރާނެކަމަށް ފާޙަގަކޮށް އެމްޓީސީއިން ވަނީ ޝެޑިއުލާއި އެއްގޮތަށް ބަސްތައް ދަތުރުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

5:15 ގައި ދަތުރުކުރާ ބަހަށްފަހު އަނެއްކާވެސް އާދައިގެ މަތިން ދަތުރުތައް ފަށާނެއެވެ. 05:45 ގައި ވެސް ބަހެއް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، އެއަށްފަހު ދެން ކޮންމެ 15 މިނިޓަކުން ބަސް ދަތުރުކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: