ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާނީ ގުރޫޕުގެ މައްޗަށް ތަހުގީގެއް ހިންގުމަށް ރާހުލް ގާންދީ ގޮވާލައިފި

ރާހުލް ގާންދީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނިކަމަށްވާ އަދާނީ ގުރޫޕުގެ މާލީ މުއާމަލާތްތައް ތަހުގީގުކުރުމަށް މައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދިއަށް ގޮވާލައްވައިފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ރާހުލްވަނީ ބައިނައްލަގުވާމީ ދުނިޔޭގައި އިންޑިއާގެ އަގު ވެއްޓިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން ތަހުގީގަށް ހާއްސަ ގުރޫޕެއް ކަނޑައަޅައި އަދާނީ ގުރޫޕާއި ގުޅޭކަންކަން ތަހުގީގުކުރުމަށް އޭނާ މޯދީއަށް ޑިމާންޑުކުރެއްވިކަމަށް ބުނެފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން، ރާހުލް ކަންބޮޑުވުން ފާޅުކުރައްވަމުންދަނީ ބައިނައްލަގުވާމީ މީޑިއާއެއްކަމަށްވާ “ގާޑިއަން” އިން އަދާނީ ގުރޫޕުގެ މާލީ މުއާމަލާތްތަކާއިމެދު ޝައްކުތަކެއް ހުރިކަމުގެ ވާހަކަތައް ރިޕޯޓުކުރުމާއިއެކުއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާހުލްވަނީ ގާޑިއަންގައި ޝާއިއުކުރެވިފައިވާ ލިޔުމެއް ދައްކާލާފައެވެ. އެ ލިޔުމުގައިވަނީ އަދާނީ ގުރޫޕާއި ގުޅިފައިވާ މީހުން އަމިއްލަ ފައިސާއިން އެތައް މިލިއަނެއް ސިއްރިއްޔާތުގައި އެ ކުންފުނީގެ ތެރެއަށް ވައްދައި ޝެއަރގެ އަގުތައް އެރުވުމަށް މަސައްކަތްކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ.

ގާޑިއަންގެ އެ ރިޕޯޓަކީ އޮރގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓުން އެއްކޮށް ގާޑިއަން އާއި ހިއްސާކުރި ލިޔެކިއުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެކެވެ. ރާހުލްވަނީ ވަގުތުން ވަގުތަށް އަދާނީ ގުރޫޕުގެ މައްޗަށް ތަހުގީގުތައް ފެށުމަށް ގޮވާލައްވާފައެވެ. އަދި އެ ގުރޫޕުގެ އިސްވެރިންނާއި މޯދީ އާއި ގާތް ގުޅުމެއް އޮތްކަމަށާއި، އަމިއްލަ ފައިސާ އަޅައިގެން ކުންފުނީގެ ޝެއަރތަކުގެ އަގު މައްޗަށް ޖައްސައި އިންޑިއާގެ އެއަރޕޯޓު ފަދަ ،މުދާތަކުގެ މައްޗަށް ބާރުވެރިވެގަތުމަށް ފުރުސަތު ދީފައިވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެއްދިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، މޯދީ އަދި އަދާނީ ގުރޫޕު އުފެއްދި މީހާ ކަމަށްވާ ގޯތަމް އަދާނީ އާއި ދެމެދު 20 އަހަރު ދުވަހުގެ ގުޅުމެއް އޮވެއެވެ. އަދި ހާއްސަ އަހައްމިއްޔަތެއް ދޭކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އަދާނީ ދޮގުކުރާކަމަށާއި އެހެންނަމަވެސް މޯދީއަށް 2014 ވަނަ އަހަރު ޕޮޑުވަޒީރުގެ މަގާމު ލިބުމާއިއެކު އެ ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ވެފައިވާކަމަށާއި މިހާރު އެ ކުންފުންޏަކީ އިންޑިއާގައި ކަރަންޓުގެ ހިދުމަތުން ފެށިގެން ވައިގެ ބަނދަރުތަކުގެ މަސައްކަތްތައްވެސް ކުރަމުންދާ ކުންފުންޏެއްކަމަށް ބުނެފައިވެއެވެ.

ރާހުލްވަނީ އެ ކުންފުނީގެ މައްޗަށް ތަހުގީގުތަކެއް ފެށިފައިނުވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި މޯދި ހަނު ހުންނަވާ ސަބަބުގެ އިތުރުން ގާޑިއަންގައި ޝާއިކުރެވިފަިއވާ މައްސަލަ ބައްލަވާނެ ކަމަށް މޯދީ ވިދާޅުވެފައިނުވާ ސަބަބާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިކަމަށް ބުނެފައިވެއެވެ. އަދާނީ ގުރޫޕުންވަނީ ގާޑިއަންގެ ރިޕޯޓުގައިވާ މައުލޫމާތުތައް ދޮގުކޮށްފައެވެ. އަދި ގާނޫނަށް އިތުބާރުކުރާކަމަށާއި އެ ކުންފުނީގެ މައުލޫމާތު ހިއްސާކުރުމާއި ހިންގުންތެރިކަމާއިމެދުވެސް ޔަގީންކަން އޮތްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އިންޑިއާގެ ސަރުކާރުން އެ ތުހުމަތުތަކާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައިނުވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: