ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިމްޔާތާއި ގުޅުވާ ކުރާ ތުހުމަތަށް މުއިއްޒުގެ ރައްދު؛ ތަފްސީލުތައް ބޭންކުތަކުގަައި ހުންނާނެ!

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ އަމިއްލަ ގެ އިމާރާތް ކުރީ ކޮރަޕްޝަން ހިންގައިގެން ލިބުނު ފައިސާއިންކަމަށް ކުރާ ތުހުމަތުތަކަށް އޭނާ ރައްދުދެއްވައިފިއެވެ.

ދިމްޔާތު އިމާރާތް އެޅީ ކިހިނެއް ލިބުނު ފައިސާއަކުންތޯ “ސަންގު ޓީވީ” އިން ކުރިއަށް ގެންދިޔަ “އާސްކް މުއިއްޒު” ޕްރޮގްރާމުގައި ބައިވެރިއަކު ސުވާލުކުރުމުން ޑރ މުއިއްޒު ވިދާޅުވީ، އެއީ ވަރަށް މުހިންމު ސުވާލެއްކަމަށެވެ. އޭނާއަށް ވައްކަމެއްގެ ތުހުމަތު ނުވަތަ ކޮރަޕްޝަންފަދަ އެހެންވެސް ތުހުމަތެއް ކުރެވެނީނަމަ އެ މައްސަލައެއް ބެލުމަށް މަރުހަބާ ކިޔާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތާކުން މިކަންކަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސްކަމެއް ނުކުރައްވާނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އެއްވެސް ފައިސާއެއްގައި ނުޖެހޭނެކަމަށެވެ.

އޭނާ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުރެ، އިސްވެ އެ މިނިސްޓްރީ 7 އަހަރު ބެލެހެއްޓިއިރު، މިނިސްޓްރީއިން އެކި މަސައްކަތްތަކަށް ޖުމްލަ 13 ބިލިއަން ރުފިޔާހަރަދުކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެންމެ ރުފިޔާއެއްގައި ޖެހިފައި ނުހުންނާނެކަމަށާއި، މާލީ ޒިންމާދާރު ވެރިން މިނިސްޓްރީގައި ތިއްބެވިއިރު، އޭނާ ވޮރަޕްޝަނުގެ އަމަލެއް ހިންގިކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

އަލޫގަޏޑު މިއީ 13 ބިލިއަން ރުފިޔާގެ މަސައްކަތް އަޅުގަނޑު ހުރި އިރުގައި ހައުސިން މިނިސްޓްރީއިން ހަ އަހަރު، ހަތް އަހަރު ގާތް ގަނޑަކަށް މިނިސްޓްރީގައި ހުރި އިރުގައި، 13،000 މިލިއަން ރުފިޔާ މުޅި އެ މިނިސްޓްރީގެ އެ ހަތް އަހަރުގެ މަސައްކަތްތަކުގެ އަގަކީ ގާތްގަނޑަކަށް. އެހާ ފައިސާ އަޅުގަނޑު އިސްވެ ހުރެގެން ބެލެހެއްޓި މިނިސްޓްރީއަކުނ ހަރަދު ވެފަވެޔޭ އެކި އެކި އުމްރާނީ ތަރައްގީގެ އެކި އެކި މަސައްކަތްތަކަށް، ބުރިޖުވެސް ހިމެނޭ ގޮތަށް. އެންމެ ރުފިޔާއެއްގައިވެސް ޖެހިފައި ނުހުންނާނެ.

މުއިއްޒު ވިދާޅުވިއެވެ.

އޭރު އެ މިނިސްޓްރީގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުން އޭނާގެ މި ވާހަކަތަކަށް ހެކިވާނެކަމަށް ފާހަގަކޮށް، މުއިއްޒު ވިދާޅުވީ އޭނާއަށް ފަހުން ގެއްލުމެއް ވެދާނެ އެއްވެސްކަމެއް ނުކުރައްވަންކަމަށެވެ. ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި ދުވަހަކީ މިއަދު ނޫންކަމަށާއި، އެހެންވީމަ އެފަދަ އެއްވެސްކަމެއް ނުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދިމްޔާތަކީ ބައްޕަގެ ގެއެއްކަމަށް ފާހަގަކޮށް، މުއިއްޒު ވިދާޅުވީ ގެ ހެދުމަށް ނެގި ހހުރިހާ ލޯނު މުއާމަލާތެއް ރަސްމީކޮށް ބޭންކުގައި އާއި އެހެން އިދާރާތަކުގައިވެސް ފެންނަން ހުންނާނެކަމަށެވެ. އަދި ކޯޓުގައިވެސް ރަޖިސްޓްރީކޮށްފައި ހުންނާނެކަމަށާއި، އޭނާގެ ބެލުމުގެ ދަށުން 13 ބިލިއަން ރުފިޔާގެ އެތައް މަޝްރޫއެއް ހިންގިއިރު، އެއްވެސް މަޝްރޫއުއަކުން ހައްގު ނޫން ގޮތުގައި ފައިސާ ހޯދާފައިނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ތުހުމަތުތައް ކުރުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަންކަމަށާއި، ނަމަވެސް އެއީ އޭނާ ގަބޫލު ކުރައްވާ ހަމައެއް ނޫންކަމުން އެއްވެސް މީހަކަށް އެއްވެސް ތުހުމަތެއްކޮށް ވާހަކަ ނުދައްކަވަންކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުރެވޭ ތުހުމަތުތަކަކީ މުއައްސަސާތަކަށް އަދި އަމިއްލައަށް ހުށައަޅައިގެންވެސް ބެލޭނެ ކަންތައްތަކެއްކަމަށް ފާހަގަކޮށް ތަކުރާރުކޮށް މައްސަލަ ބެއްލެވުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ އެއްބާރުލުން ދެއްވާނެކަމަށެވެ.

ވަރަށް ގަދަ
76%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: