ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރަށް ރި ރަޖިސްޓަރ ކުރުމަށް 42،867 މީހުން ފޯމު ހުށައަޅައިފި

ޕޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރި ރަޖިސްޓަރ ކުރުމަށް 42،867 މީހުން ފޯމު ހުށައަޅާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވުމަށް ކުރެއްވި ”އެކްސް“ އެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާކަމަށެވެ.

މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ދަނީ ކުރަމުންކަން ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެކަމަށްވެއެވެ. ހަބީބް ވިދާޅުވެފައިވާ ގޮތުގައި ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީއިންނެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭކަމަށް ހަބީބް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ ރެގިސްޓަރ ކުރުމަށް އިއްޔަ ހަވީރާއި ހަމައަށް ދެ ދުވަހުގެ ތެރޭގައި 22،000 ފޯމު އޮންލައިންކޮށް ހުށައަޅާފައިވާ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކުރުމަށް އީސީއަށްވެސް ވަޑައިގެންފައެވެ. އޮންލައިންކޮށް މިހާ ގިނަ ފޯމުތައް ހުށައަޅާފައިވާއިރު، އީސީއިން ހަމަޖައްސާފައިވާ ކޮންސަލްޓަންޓް ވިދާޅުވި ގޮތުގައި ހެކް ކުރުމުގެ ވަރަށް ގިނަ އެޓެޕްޓްތަކެއްކޮށްފައި އެބަހުރިކަމަށް ފާހަގަކޮށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ސައީދު ވިދާޅުވީ، އެބޭފުޅުން މިކަމުގައި ކުރައްވާނީ ވަރަށް ޒިންމާދާރު މަސައްކަތެއްކަމަށެވެ. ދެވަނަ ބުރަށް ނިކުމެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް މި ބައްދަލުވުމުގައި އިދިކޮޅުގެ ލީޑަރޝިޕްއިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ އިންތިހާބު މެޗެއްގެ ގޮތުގައި ސިފަކޮށް، ދެވަނަ ހާފްއަށް ނިކުމެވަޑައިގަންނަވާނީ ޗޭޖިން ރޫމްއަށް ވަދެވަޑައިގެން ވަރަށް ޕްލޭންކޮށްގެނަކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާތީ، ސައީދު ވިދާޅުވީ ދެވަނަ ބުރަށް އެމްޑީޕީއިން ކުރައްވާ ވާމް އަޕްއަކީ “ފޭކު މީހުންތަކެއް ރެޖިސްޓްރީކޮށްގެން” ކުރާ މަސައްކަތްތަކެއްކަމަށެވެ. އަދި އޭނާ ގޮވާލެއްވީ އެކަން ހުއްޓާނުލަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: