ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ދިފާއު ކުރުމަށް ރައީސް ސޯލިހު ދައުލަތް ލޫޓުވާލައިފި: އީވާ

މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ބާރުގާއި ހުރުމަށްޓަކާއި ވެރިކަމުގެ ފަހު މި ތިން މަސްދުވަހު މި ވެރިކަމުން ފެނިގެންދިޔައީ ދައުލަތް އެއްކޮށް ލޫޓުވާ ހިސޯރު ކޮށްގެން އުޅޭތަން ކަމަށް މަޖިލީހުގެ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން މިއަދު މަޖުލީހުގައި ވާހަކަފުޅު ދައްކަވަމުން އިވާ ވިދާޅުވީ ”މި ފަސް އަހަރުގެ ދައުރުގެ ހަސީލަތަކަށް އޮތީ އިސްރާފާއި ކިބުރުވެރިކަމާއި ވައްކަމާއި ފިތުނައާއި ނާގާބިލުކަން،“ ކަމަަށެވެ.

އަދި ޒާތީވަނީ ކަމަށްބުނެ އެކަހެރިކޮށް ބާކީ ކޮށްލާތަން ކަމަށްވެސް އިވާ ވިދާޅުވިއެވެ.

”ނަތީޖާ އެއްގެ ގޮތުން ނެގި ކޮންމެ ދިދައެއް އެއީ ތާއިތުކަމަށް ހިސާބު ޖެހީ. ފައިސާ ދިން ކޮންމެ މީހަކީ އާއިލާއެއްގެ ވޯޓް ކަމށް ހިސާބު ޖެހީ. ފައިސާ އަށް ގަނެލި ކޮންމެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރެއް އެއީ ފައިސާ އަށް ގަނެލި ރަށެއްކަމަށް ގަބޫލުކޮށް ހިސާބު ޖެހީ.  ނަތީޖާ އެއްގެގޮތުން ރާއްޖޭގެ ތާރީހުގައި އެންމެ ދަށުން ވޯޓް ހޯއްދެވި ވެރިއަކަށް ރައިސުލްޖުމްހޫރިއްޔާވެގެން ދިޔަ.“ އީވާ ވިދާލުވިއެވެ.

އީވާ ވިދާޅުވީ މި ފަދަ ކަންތައްތަކުން ރައްޔިތުންނަށް އަރައިގަނެވޭނީ ބަރުލަމާނީ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި މަޖުލީހުގައި ވެރިން ބައިތިއްބަވައިގެން ވަގުތުން ވަގުތަށް ޖަވާބު ދާރީ ވެވޭނެ ކަމަށެވެ. ރިޔާސީ ނިޒާމެގައި ފޮރުވިގެންތިބެ ކަނަތައްތައް ކުރެވުމުގެ ފުރުސަތުލިބޭތީ ކަމަށްވެސް އިވާ ވިދާޅުވުއެވެ.

އެހެންކަމުން ބަރުލަމާނީ ނިޒާމަކީ ތަހުޒީބީ ނިޒާމެއް ކަމަށާއި، އެފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: