ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ބިރުދެއްކުމަކީ ދެވޭ އަނިޔާއެއް: ޑރ މުއިއްޒު

ކެމްޕެއިންގައި ޑރ މުއިއްޒު ބ ފުޅަދޫއަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން އޭނާއަށް ތާއީދުކުރާކަމަށް ފެނިގެންދާ ބަޔަކު ވަޒީފާތަކުން ވަކިކޮށްފައިވާކަން ފާހަގަކޮށް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން ބ އަތޮޅު ކަމަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ޑރ މުއިއްޒު ވިދާޅުވީ، އޭނާ އަދި ޕާޓީއިން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްކަމަށެވެ. އަދި އަނިޔާއެއް ދެވެނީ ހަމައެކަނި ޖިސްމާނީ ގޮތުން ނޫންކަމަށާއި ނަފްސާނީ ގޮތުންވެސް އަނިޔާތައް ދެވޭކަމަށާއި އެއީވެސް އަނިޔާވެރިކަން ކަމަށް މުއިއްޒު ވިދާޅުވވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ވަޒީފާތަކުގައި ތިބި ޒުވާނުންނަށް ތިބީ ވަޒީފާގެ ބިރު ދައްކާފައިކަމަށާއި އެއީ ނަފްސާނީ އަނިޔާކަމަށެވެ. މުއިއްޒު ވިދާޅުވީ، އޭނާއަށް މަރުހަބާ ކިއުމުގެ ގޮތުން ބަނދަރަށް ހާޒިރުވެއްޖެ ހާލަތެއްގައި ވަޒީފާއިން ވަކި ކުރާނެކަމަށް އިންޒާރު ދިނުން ފަދަ ކަންކަން ބައެއް ރަށްތަކުގައި ދިމާވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ޕީއެންސީ އަށް ތާއީދުކުރާކަމަށް ފެނިގެންދާނެ ހާލަތްތަކުގައި މަސައްކަތްކުރި ބައެއް ޒުވާނުން މިހާރު ވަޒީފާތަކުން ވަކިކޮށްފައިވާކަމަށެވެ. އެގޮތުން އެއް ރަށެއްގައި ބެންކެއްގައި މަސައްކަތްކުރާ މީހަކު ވަޒީފާއިން ވަކި ކުރިކަމަށާއި އެހެން ބައެއް ރަށްތަކުގައިވެސް އޭނާ އަދި ޕީއެންސީ އާއިއެކު ތަންކޮޅެއް ގިނައިން ފެނުމުން މައްސަލައަކަށްވެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ސަރުކާރުން ދެމުންދާ ބޮޑު ނަފްސާނީ އަނިޔާއެއް ކަމަށާއި ރައްޔިތުން އޭނާއަށް ވެރިކަން ދެއްވައިފި ހާލަތެއްގައި އެ ބިރުވެރިކަމާއި ނާމާންކަން ނިމުމަކަށް ގެނެސްދެއްވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، ޕީއެންސީގެ ސަރުކާރުވާނީ ރައްޔިތުން އެދޭފަދަ އިންސާފުވެރި އަދުލުވެރި އަނިޔާވެރިކަން ނިމުމަކަށް ގެނެވި ރައްޔިތުންނަށް އުފަލާއިއެކު ދިރިއުޅެ ގައުމު އާރާސްތުކުރެވޭނެ ފަދަ ވެރިކަމެއް ކުރާ ބަޔަކަށް ކަމަށެވެ.

މި ޖަލްސާގައި މުއިއްޒު ދިވެހިރާއްޖޭގެ ދަރަނީގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަރުކާރުން ދަރަނީގެ މައްޗަށް ދަަރަނި ނަގަމުންދާކަމަށާއި ދާދި ފަހުންވެސް އިންޑިއާއަށް ބޮންޑު ވިއްކައިގެން އެތައް މިލިއަން ޑޮލަރެއް ނަގާފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު އެ ވާހަކަތައް ދެކެވުމުން ދޮގުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއިއްުޒު ވިދާޅުވީ، ހަގީގަތެއް ނޭނގޭކަމަށާއި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ހުންނަ އިންޓްރެސްޓު ރޭޓު ހާމަކުރަންވެސް ސަރުކާރަށް ނުކުރޭކަމަށެވެ. އޭނާ ވިދާޅުވީ، ނަގާ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ފަދަ މައުލޫމާތުތައް ބަޔާންކުރުމުން ހަނޑޫ ހަކުރު ފުށް ފަދަ ތަކެތި ލިބުމުގައި ހުރަސް އެޅޭކަމަށެވެ. މުއިއްޒު ވިދާޅުވީ، އެއީ ރަސްމީގޮތުން ޖަވާބުދާރީ ވުމުގެ ތެރެއިން ސަރުކާރުން ދައްކާފައިވާ ވާހަކަތައް ކަމަށާއި ނޫސްވެރިން އެތައް މަަސައްކަތެއް ކޮށްގެން ޖަވާބެއް ނުދިނުމުން ކޯޓަށް ދިއުމުން އެފަދަ ޖަވާބުތައް ދީފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ކޮމާޝަލް އެއްބަސްވުންތަކުގައި ހުރި ވާހަކަތައް ބަލާލަން ބޭނުން ވުމުން އެފަދަ ޖަވާބުތައް ދީފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ، އެމްއެމްއޭގެ ގަވަނަރަށް ނަގާ ލޯނުތަކުގެ ތަފްސީލުތައްވެސް ނޭނގޭކަމަށާއި ގައުމު އޮތީ އިންތިހާއަށް އަޅުވެތިވެފައިވާ ހާލަތެއްގައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: