ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ލަތީފް ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރައްވަނީ

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރައްވަން އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ނިންމަވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން މިއަދު ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބު ޑިސެމްބަރު ދެވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ކުރިމަތިލައްވަން ނިންމަވާފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީ ވާދަކޮށް އެ ޕާޓީން ނެރުނު ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއަށް ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: