ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫތު ކައިރީގައިހުރެލާ ވޯޓްގެ ސިއްރުކަން ކަށަވަރު ކުރާނީ ވޯޓްލާ މީހާ އަމިއްލައަށް: ހަބީބު

ފޮޓޯ/އިލެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޫތު ކައިރީގައިހުރެލާ ވޯޓްގެ ސިއްރުކަން ކަށަވަރު ކުރާނީ ވޯޓްލާ މީހާ އަމިއްލައަށްކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވެފައިވާއިރު، ވޯޓްލާ ބޫތު ހުންނަނީ ވޯޓްލާ ސަރަހައްދުގައި ތީބޭ މީހުންނަށް ފެންނަހެން ކުރިމައްޗަށްވާގޮތަށެވެ. އެއީ މީގެ ކުރީގެ އޮންނަ އިންތިހާބުތަކުގައި ބޫތު ބެހެއްޓިފައި ހުންނަ ގޮތެއްނޫނެވެ. ނަމަވެސް މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލުމުގައި އެގޮތަށް ބޫތު ބެހެއްޓުމުގެ ސަބަބުން ވޯޓްގެ ސިއްރުކަން ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ގިނަބަޔަކު ވަނީ އެކަމާއި ވަނީފާޑު ވިދާޅުވެފައެވެ.

އެގޮތަށް ވޯޓް ފޮށި ބެހެއްޓުމުގެ ސަބަބުން ކައިރީގައި ތިއްބަވާ އޮބްޒާވަރުުންނަށާއި، އޮފިޝަލުނާއި، އަދި ފޮށީގެ ވެރިއާއަށްވެސް، ވޯޓްލަނީ ކާކަށްކަން އެނގޭ ކަމަށް ބުނެ ފާޑުކިޔާފައިވާ މީހުންވަނީ ބުނެފައެއެވެ. އިންތިހާބުގެ ފަހުބުރަށް ބާކީ އޮތީ ފަސް ދުވަހެވެ. އިސީން ދަނީ ގިނަ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ފުރަތަމަ ބުރު ނިމުމާއިއެކު ރީރަޖިސްްޓރޭޝަން ވެސް ހުޅުވާލިއެވެ. ރީ ރަޖިސްޓްރީގެ ދާއިމީ ލިސްޓްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ރީރަޖިސްޓްރީ އަށް ހުޅުވާލުމުން އޮންލައިކޮށް ހުށައެޅި 5109 މީހުންގެ އިތުރުން ކަރުދާހުގައި ހުށައެޅުނު 6175 ފޯމުކަމަށެވެ. ޖުމުލަކޮށް 11284 ފޯމެއްގެ ސައްހަކަން ކަށަވަރު ނުވާކަމަށާއި އެއީ ފޮޓޯއިން މީހާ ކަށަވަރު ނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓު ހުށައެޅުން އަދި ދެ ނިޒާމުން ތަކުރާރުކޮށް ހުށައެޅުމުގެ އިތުރުން ފިންގާރޕްރިންޓު ނެތުން ފަދަ މައްސަލަތަކުގެ ސަބަބުން ކަށަވަރު ނުވި ފޯމުތައްކަަމަށެވެ.

މިހާރު ދިމާވި އެފަދަ މައްސަލަތައްވެސް ހައްލު ކޮށްފައިވާ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: