ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ، އެކަމާ އުފާ ކުރަން: ރައީސް ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދަތިތަކުގެ ތެރެއިންވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވުނުކަމުގެ އިހުސާސްކުރެއްވޭކަމަށާއި ހެޔޮ ވެރިކަމެއް ކުރެވިފައިވާކަމާއިމެދު އުފާކުރައްވާކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިިކުފާނުގެ މަސައްކަތްތަކުގެ ތެރޭގައި އެހީތެރިކަން ފޯރުވައިދެއްވި އެންމެނަށް ޝުކުރު އަދާކުރައްވާކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ މުއައްޒިފުންނާއި ވަޒީރުން އަދި މަޖިލީހުގެ ތެރެއިން ފޯރުވައިދެއްވި އެހީތެރިކަމަށާއި ކުންފުނިތަކުގެ އިސްވެރިންނަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ، މީޑިއާތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި މަސައްކަތްތަކުގައި ދިން އެއްބާރުލުމަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަން ކުރުމަށް ފަސް އަހަރުގެ ދައުރެއް ދެއްވިކަމަށްޓަކައި ރައްޔިތުންނަށްވެސް އިހުލާސްތެރިކަމާއިއެކު ޝުކުރުވެރިވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: