ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 އިންސައްތަ ހޯދައިގެން ޕާޓީއާއި ގުޅުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން: ރައީސް ސާލިހު

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ މަޖިލީހުގެ 50 އިންސައްތައިގެ ތާއީދާއިއެކު ޕާޓީއާއި ގުޅުމަކީ އެމްޑީޕީ ދަންނަކަމެއް ނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއާއި އަނބުރާ ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުމާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަށް މީހުން ގުޅުމުގެ ހަމަތައް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާަކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، ގައުމީ މަޖިލީހުގެ 50 އިންސައްތައިގެ ތާއީދު ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަކަމެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ، ޕާޓީއަށް ވަނުމަށް އެދޭ މީހާއަކީ ޕާޓީއިން ބަލައިގަންނަ މީހެއްތޯ ނިންމުމަށްވެސް އުސޫލުތަކެއް ޕާޓީގެ ތެރޭގައި ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން އެ އުސޫލުތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް ޕާޓީއާއި ގުޅުމަށް އެދެވޭނެކަމަށާއި އެކަން ނިންމާނީ ޕާޓީގެ ހަމަތަކުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ޕާޓީއަށް ވަންނަ މީހުން ނިންމާނީ އެމަނިކުފާނު ނޫންކަމަށާއި އެކަން ނިންމާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުންކަމަށްވެސް ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: