ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ނޫން އިތުރު ބައެއްގެ ބާރު އަޅުގަނޑުގެ މައްޗަކަށް ނުހިނގާނެ: ޑރ މުއިއްޒު

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ކާމިޔާބީގެ އުފަލުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މައްޗަށް އޮތީ އެހެން ބައެއްގެ ބާރުކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މައްޗަށް އެއްވެސް ބަޔަކަށް ބާރު ނުހިންގޭނެކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނިކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހީވާގި ޓީމެއް އެކުލަވާލާ، ގާބިލް ކެބިނެޓެއް އެކުލަވާލާނެކަމަށެވެ. ކެބިނެޓުގައި ތިއްބަވާނީ ތަޖުރިބާ ހުރި، ތައުލީމީ ބޭފުޅުން ކަމަށެވެ. އަދި ރެޔާއި، ދުވާލު ތިއްބަވާނީ ރައްޔިތުންގެ ހިދުމަތުގައިކަމަށާއި، ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި، ހިންގުމުގައި ތިއްބަވާނީވެސް ގާބިލް ބޭފުޅުންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ގަޑިއަކު ވަކި ކަމެއް ހިނގަނީ ކިހިނެއްތޯ އަހާލަން ފޯނު ކޮށްފިއްޔާ ޔަގީނުން ވެސް ފޯނު ނަންގަވާނެ. އެހެންވީމަ އެހާ ހީވާގި ބޭފުޅުން ތިއްބަވާނީ.

ޑރ މުއިއްޒު ވިދާޅުވިއެވެ.

ކުންފުނިތައްއް ކޮޅަށް ޖެހޭނެ ވަރުގެ ގާބިލް ބޭފުޅުން އެ މަސައްކަތްތަކަށް އައްޔަނުކުރައްވާނެކަމަށް ފާހަގަކޮށް، މުއިއްޒު ވަނީ ކުންފުނިތައް އޮތް ހާލަތާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވި ގޮތުގައި ކުންފުނިތައް ވަނީ 33 ބިލިއަން ރުފިޔާގެ ދަރަންޏާއެކު، ބަނގުރޫޓުވެފައެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް އެއް ކުރައްވަމުން ގެންދަވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ކާމިޔާބީގެ އުފަލުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގައިވާ ގޮތަށް، އެމަނިކުފާނުގެ ވެރިކަމެއްގައި އެހެން ބައެއްގެ އަތްމަތީގައި ބާރުތައް ނޯންނާނެކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށްވެސް އެއްވެސް ބައެއްގެ ބާރު ނުހިންގާނެކަމަށާއި، އެމަނިކުފާނު އިންތިހާބުކުރީ ރައްޔިތުންކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ބާރު ހިނގާނެ، ރައްޔިތުންގެ ހާދިމެއްކަމަށެވެ.

ޑރ މުއިއްޒު މިފަދައިން ވިދާޅުވީއިރު، ޕީޕީއެމް/ޕީއެންސީއިން ގެންދަނީ މި ސަރުކާރުގެ މައްޗަށް އަވަށްޓެރި އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނަމުންނެވެ. އަދި ރައީސް ސާލިހަށް ކަންކަން ނިންމުމުގެ ބާރު ނެތްކަމަށާއި، ހައްދަވަން ޖެހެނީ އިންޑިއާއިން ބުނާ ގޮތްކަމަށްވެސް ތުހުމަތު ކުރެއެވެ. އެގޮތުން އިންޑިއާއިން އެތައް ދަރަންޏެއް ނަގާފައިވާކަމަށް ފާހަގަކޮށް، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް މިނިވަން ނޫންކަމަށްވެސް ޕީޕީއެމް/ޕީއެންސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: