ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރާއްޖޭގެ އިންތިޚާބީ ރައީސް އަށް މަރުހަބާ ވިދާޅުވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ރާއްޖޭގެ އިންތިހާބީ ރައީސް އަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ގުޅުމެއްކަމަށެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އިޚްލާޞްތެރިކަމާއި، އެކަކު އަނެކަކަށް އިތުބާރުކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް ކަމަށެވެ.

އެގޮތުން އެ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ޢާންމު ތަރައްޤީއާއި ކުރިއެރުމަށް ޓަކައި ރަނގަޅު ބައިވެރިވުމެއް ދެމެހެއްޓުމަކީވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

 “ގުޅުން ބަދަހިކުރުމަށް  އަޅުގަނޑު ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ. އާދަޔާ ޚިލާފު ރަހުމަތްތެރިކަން ދެމެހެއްޓުމަށާއި، އަމަލީ ގޮތުން ގުޅުން ބަދަހިކޮށް، މުސްތަގުބަލުގައި ގުޅުން ބަދަހިކޮށް، އިތުރު ކުރިއެރުންތަކާއެކު، މުސްތަގުބަލުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން، ތިޔަބޭފުޅުންނާ އެކު މަސައްކަތް ކުރަން އަޅުގަނޑު ތައްޔާރަށް މިހުރީ.” ޝީ ވިދާޅުވިއެވެ.

އެންމެ ފުރަތަމަވެސް ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1972 ވަނަ އަހަރު އޭޕްރީލް މަހު 15 ގައިއެވެ. އެގުޅުން އިތުރަށް ބަދަހިކޮށްފައިވަނީ 2013ވަނަ އަހަރުގައެވެ، އެއީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: