ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމް ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ އަމަލީ ގޮތުން މަސައްކަތް ކުރާނީ ރިޔާސީ ނިޒާމަށް: ރައީސް

އެމްޑީޕީ ގައުމީ މަޖުލީހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވރައީސް ވާހަކަދައްކަވަނީ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމް ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ އަމަލީ ގޮތުން މަސައްކަތް ކުރާނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމްް ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ނިޒާމީ ވޯޓާއިމެދު ގޮތެއްނިންމުމަަށް މަޖުލީހުން ފާސްކޮށްފައިވާ ގަރާރާއި ގުޅޭގޮތުން ހިޔާލު ހުށައެޅުމަށް އެމްޑީޕީ ގައުމީ މަޖުލީހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑުތާއިދު އޮތީ ރިޔާސީ ނިޒާމަކަށް. ވޯޓަކަށް ގޮސްފިނަމަ ރިޔާސީ ނިޒާމް ހިންގުމައްޓަކާއި، ކުރަމްޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނަން” ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖުލީހުގެ ރައީސް، ރައީސް ނަޝީދު ގެންދަވަނީ މަޖުލީހުގައި ބަހުސް ކުރައްވަމުންނެވެ. ރައީސް ނަޝީދު ފާހަގަކުރައްވާގޮތުން ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ނަމަވެސް ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެ ނިޒާމަށް ތާއިދު ކުރައްވަނީވެސް އެމަނިކުފާނު އެކައްޗެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ ނިޒާމުގެ ވޯޓެއް އަޅަންޖެހޭ ކަމަށާއި، އެކަމަށް އެއްބާރުލުން ދެއްވާނެ ކަަމަށެވެ. ނިޒާމާއިގުޅޭގޮތުން ދެ ނިޒާމިގައިވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށާއި، ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ.

ނިޒާމް ބަދަލުކުރުމުގެ ވޯޓް ރާއްޖޭގައި އެންމެފަހުން ލާފައިވަނީ 2007 ވަނަ އަހަރުގައެވެ. އޭރު ރައްޔިތުންގެ ތާއިދު ލިބިފައިވަނީ ރިޔާސީ ނިޒާމަކަށެވެ. އޭގެ ފަހުން މިހާރު ވަނީ 15 އަހަރު ފާއިތުވެފައެވެ. ސިޔާސީ ގިނަބަޔަކު ދެކޭ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސިޔާސީ ފަރާތްތައް ބުނި ނަމަވެސް ނަޝީދު ފާހަގަ ކުރައްވާ ގޮތުން ބަރުލަމާނީ ނިޒާމަކީ ކޮރަޕްޝަނުން ރާއްޖެ ސަލާމަތް ކުރެވޭނެ ހަމައެކަނި ނިޒާމެވެ.

އަދި މީގެ އިތުރުން އެއަށް ބާރުދޭ ރަނގަަޅު ގިނަކަންތައްތައްވެސް އޭނާވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ރައީސް ނަޝީދު ނިޒާމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ ރައީސް ނާސިރު ދައުރުގެ ފަހުކޮޅާއި ހަމަޔަށްވެސް ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އެހެންކަމުން ރާއްޖެ އަށް އެންމެ ރަނގަޅު ނިޒާމަކީ ހަމަ ބަރުލަމާނީ ނިޒާމް ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: