ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ކޯރެއް ބަނޑުންވެ އެތައް ބަޔަކު މަރުވެއްޖެ!

ބަންޑުންވި ކޯރުގެ ފޮޓޯއެއް: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޯރެއް ބަންޑުންވެ އެތައް ބަޔަކު މަރުވެ ގިނަ އަދަދެއް މީހުން ގެއްލިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އިންޑިއާގެ ސިއްކީމު ސަރަހައްދުގައި ކޯރެއް ބަނޑުންވުމުގެ ސަބަބުން މިހާތަނަށް މަރުވެފައިވާކަން އެނގިފައިވަނީ 14 މީހެކެވެ. އެހެންނަމަވެސް 102 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އެ ސަރަހައްދަު ފެންބޮޑުވާން ދީމާވީ ވާރޭވެހުމުގެ ސަބަބުން ގަނޑުފެން ވިރުމުގެ ސަބަބުން އުފެދިފައިވާ ކޯރެއް ބަނޑުވުމުންނެވެ.

ދާދި ފަހުން ހިނގައިދިޔަ މި ހާދިސާގައި 22،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، ގެއްލިގެން ހޯދާ މީހުންގެ ތެރޭގައި ސިފައިންގެ 22 މީހަކުވެސް ހިމެނެއެވެ. ނޫސްތަކުން ބުނާގޮތުން، އެ ސަރަހައްދުގެ ހައިވޭތަކާއި ބުރިޖުތައް “އޮޔާ ދިއުމުގެ” ސަބަބުން 3000 އަށްވުރެ ގިނަ ފަތުރުވެރިންވެސް ތާށިވެފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ.

ކޯރު ބަނޑުންވާން ދިމާވީ އާންމުކޮށް ވެހޭ މިންވަރަށްވުރެ ފަސްގުނަ އިތުރަށް ވާރޭ ވެހުމުގެ ސަބަބުންނެވެ. އަދި އެކަމުގެ ސަބަބުން ކޯރެއްގެ ފެންގަނޑު ހިފަހައްޓަން ރާނާފައިވާ ފާރެއް ނުވަތަ ޑޭމްއެއްގެ އެއްބައި ވެއްޓުނުކަމަށާއި އެހެންކަމުން ފެންގަނޑު އެ ސަރަހައްދުގެ ތެރެއަށް ވަދެ ގެދޮރަށާއި ސިފައިންގެ މަރުކަޒުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިގެންދިޔަކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 86%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: