ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯގާތެރިކަމޭ، އެކަމަކު ޖަނަވާރުންނަށް ވުރެ އަނިޔާވެރި

އޮސްޓްރިޗް ފޮޓޯ/އެމްވީކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނާއަށް އިންސާނިއްޔަތުކަމުގެ މާތް ސިފަލިބިފައިވުމަކީ އެ އިންސާނާ ދުނިޔެމަތީގައި އުޅޭ އުޅުމުގައި އޯގާތެރިކަމާއި، ކުލުނުވެރިކަމުގެ ގުޅުންދެމި ހުރުމެވެ. އޯގާތެރިކަމާއި، ރަހުމެވެ، ކުލުނާއި ހަމްދަރުދީއެވެ. ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނަކީ އިންސާނެއްގެ ސިފައިން އެއްކިބާވެފައިވާ މީހެއްކަން ޔަގީނެވެ. ދުނިޔޭގައި ލައްވާފައިވާ މަހުލޫންގެ ތެރެއިން މި ބުނާ ގުޅުން ނެތް މީހުން މަދުންނަމަވެސް ފެނެއެވެ. އެފަދަ އިންސާނާ އޭނާގެ އަމިއްލަ މަސްގަނޑުދެކެވެސް ލޯތްބެއް ނުވާނެ ކަމީ ފެންނަން އޮތް ހަގީގަތެވެ.

އޯގާތެރިކަމުގެ ޓެގް އަޅުވައިގެން ޖަނަވާރުންނަށްވުރެ ނުބައިނުލަފާ މީހުން އުޅޭ ވާހަކައަކީ އާ ވާހަކައެއްނޫނެވެ. ނަމަވެސް އެފަދަ މީހާވެސް ވިސްނަންވީ ކަމަކީ އިންސާނެއްގެ ފުރިމަ ސިނކުޑިން ވިސްނާ މި ގުޅުމާއި ކުލުނު އަށަގެންނެވުމެވެ. އެއީ އިންސާނަކަސް ޖަނަވާރަކަސް، ދިރޭ ކޮންމެ އެއްޗަކަށް ވީ ނަމަވެސް އެވެ.

ދައްކަން މިއުޅޭ ވާހަކައަކީ ރާއްޖޭގެ މިހާރު ހިނގާ ބައެއް ކަންތައްތަކުގެ ވާހަކައެވެ. ރަހުމް ލައްވާފައިވަނީ ހަމައެކަނި އިންސާނުންނަށް އެކަނިކަމަށްނުވާއިރު، ދޫންޏާއި، ދިރޭތަކެތި ހިމާޔަތް ކުރެވިފައިވަނީ ޤުދުރަތީ ނުވަތަ ތަބީޢީގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ގޮތުގައެވެ. މިކަން ގާނުންވެސް ވަނީ ލިޔެވިފައެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ ދޫންޏާއި މިފަދަ ތަކެތިވެސް އެއްވެސް ރަހުމެއްނެތި މަރާލެވޭ ކަމެވެ. ހިތްދަތިކަމާއިއެކު މިވާހަކަތައް ދައްކަން ފަސޭހައެއްނޫނެވެ. ސަބަބަކީ އެފަދަ ތަކެއްޗަކީވެސް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ އެއްޗިއްސަށް ވާތީއެވެ.

މި ރާއްޖޭގައި މިފަދަ ދިރޭތަކެތި މަރާލާ ރަހުމްކުޑަކޮށް އަމަލު ކުރުމަކީ ތަކުރާރު ކުރަމުން އަންނަ ކަމެކެވެ. އެފަދަ ހާދިސާތައް އެކިފަހަރުމަތިން އެބަ ތަކުރާރުކުރެވެއެވެ. 2015 ވަނަ އަހަރު ކުޑަކުދިންގެ ބަގީޗާ ތެރޭގައި ގެންގުޅުނު ކިނބޫ ގެއްލުނެވެ. އެކިނބުލަަށް ވީގޮތެއްވެސް ނޭގުނެވެ. 2022 ވަނަ އަހަރު 120 ދޫނި އަނިޔާވެރިގޮތަކަށް މަރާލި މައްސަލަ އެއް ފެންމަތިވިއެވެ. މިހާރު އަނެެއްކާވެސް މިދެވެނީ ހަމައެކަހަލަވާހަކައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެންގުޅުނު ގިނިކާމާދޫނި ނުވަތަ (އޮސްޓްރިޗް) ފަޔަށް ބަޔަކު ހަމަލާދީ ޒަހަމްކުރުމަށްފަހު މަރާލިވާހަކައެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ/ ފޮޓޯ- ޓްވިޓާ

ކުށެއްނެތް ދޫންޏެއް މަރާލި ނަމަވެސް އެއާމެދު ސުވާލު ކުރެވޭނެއެވެ. އެއަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެއެވެ. 2022 ވަނަ އަހަރު ރާއްޖެއަަަށް އެތެރެކުރި ދޫނިތަކެއް އަނިޔާވެރިކޮށް މަރާލާ ހިންގި ލާއިންސާނީ ޢަމަލާ ގުޅިގެން އެކަމާ ދެކޮޅަށް ނޫސްތަކުގައިވެސް ލިޔެވިފަވެއެވެ. ސޯޝަލް މީޑިއާގައި އެވަރަށް ނުރުހުން ފާޅުކުރިއެވެ. އަދި ހެދިގޮނޑުދޮށު ސަރަހައްދުގައި މުޒާހަރާއެއްވެސް ބޭއްވިއެވެ. މިއީވެސް މިފަދަ ދިރޭ ތަކެއްޗާއި ދޭތެރޭ ބައެއް އިންސާނުންގެ ހިތުގައި ލޯތްބާއި ކުލުނު އޮތަތީއެވެ. ބައެއްމިހުންގެ ނަޒަރުގައި އެފަދަ ތަކެތި ގެންގުޅަނީ އަމިއްލަ ދަރިންނަށްވުރެވެސް ލޯބިންނެވެ. ބައެއް ޒާތް ޒާތުގެ ދޫންޏާއި، ބުޅާވެސް ގެންގުޅޭ މީހުން އެއިން އެއްޗަކަށް ގެއްލުމެއް އަނިޔާއެއްވެއްޖެނަމަ ބޮޑު ހަރަދުކޮށްގެންވެސް ފަރުވާ ހޯދައެވެ. އަދި އެގިހުރެ އެއަށް ގެއްލުމެއް މީހަކު ދީފިނަމަ އެމީހަކަށް ހިތްހެވެއްވެސް ނުވެއެވެ.

ނައްތާލެވުނު ދޫނިތައް

މިހާ ހިސާބުން މިކަންތައް ގޮސްފައިވަނިކޮށް އަނެއްކާވެސް ފެންމަތިވީ އެފަދަ ކަމެކެވެ. އަނިޔާކުރީ ކާކުކަން ނޭގުނަސް މައްސަލައަކީ ގިނިކާމާދޫންޏަށް ވެސް ވަނީ އިންތިހާއަށް އަނިޔާވެރިވެފައި ކަމަށެވެ. ހުޅުމާލޭގައި ގެންގުޅުނު އެ ދޫންޏަށް އަނިޔާކޮށްފައިވަނީ 4 އޮކްޓޯމްބަރު ވަނަ ދުވަހުގެ ރޭގަނޑު ވަގުތެއްގައެވެ. އާންމުންނަށް ފެންނަ ގޮތަށް ކޮއްޓެއްގެ ތެރޭ ގެންގުޅެމުން ދިޔަ، އާންމު މީހަކަށްވުރެ ބޮޑު އެ ދޫނީގެ ފަޔަށް ބަޔަކު ހަމަލާދީފައި ވަނީ ހަސަދައެއްގެ ސަބަބުންކަމަށް އެދޫނި ގެންގުޅޭ މީހުން ބުނެއެވެ.

އޮސްޓްރިޗް މި ދޫންޏަކީ ރާއްޖޭގައި ގެންގުޅުމަށް ހުއްދަ ދޫކޮށްފައިވާ ދޫންޏެކެވެ. ނަމަވެސް އެއީ މީހުން އުޅޭ ގޭބިސީތަކުގައި ނޫނެވެ. މީހުންނާއި ވަކިން ކޮންމެވެސް ތަނެއްގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުންނަނީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގައެވެ. ކޮންމެ ދުވަހެއްގަވެސް އެތައްބަޔަކު ހިތްހަމަޖައްސާލުމަށް ބަލާލުމަށް ކުދިންގޮވައިގެން އެތަނަށް ދެއެވެ.

ނަމަވެސް ދޫންނަށް އަނިޔާދީ ބަޔަކު އޭތި މަރާލީއެވެ. 2015 ވަނަ އަހަރުވެސް މަރާލާފައިވަނީ އެތައް ކުޑަކުދިންތަކެއް ހިތްއުފާ ކޮށްދޭން އޮތް ކިނބުލެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް މިކަން ކުރިނަމަވެސް ދިރޭ ތަކެއްޗާއި މެދުވެސް އަމަލުކުރިގޮތާއި ގުޅޭގޮތުން ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަން ދަންނަންވާނެއެވެ.

އެއްވެސް ކަމަކީ ތިމާއަށް ރެކިގަނެވޭނެ ކަންތައްތަކެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: