ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 93 މައްސަލައެއް!

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް ޖެންޑަރ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 93 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް އެމިނިސްޓްރީއިން ހާމަކޮށްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނީ ޖުލައި މަހުގެ ތެރޭގައި އެމިނިސްޓްރީއަށް ޖުމްލަ 170 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވައިވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޚިފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅުންހުރި މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީއިން މައުލޫމާތުދެއެވެ. މިބާވަތުގެ 36 މައްސަލައެއް ހުށައެޅިފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ، އިހުމާލުވުމުގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ޖެންޑަރ މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން މަައުލޫމާތުދެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ގޮތުން މިބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 3 މައްސަލަ ޖުލައި މަހު ރިޕޯޓްކޮށްފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 2 މައްސަލަ ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލަ ހުށައެޅިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެއްކަމަށް އެމިނިސްޓްރީއިން ވަނީ މައުލޫމާތުދީފައެވެ.

ލޮކްޑައުންގެ ކުރީކޮޅު ޖެންޑަރ މިނިސްޓްރީއަށް އަނިޔާގެ މައްސަލަތައް ހުށައެޅޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ދެމަހެއްހާ ދުވަހު އަނިޔާގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަރަށް ބޮޑަށް ދިޔައީ އިތުރުވަމުންނެވެ. ޚާއްސަކޮށް ކުޑަކުދިންނަށް އާއިލާ މެމްބަރުންގެ ފަރާތުން ކުރިމަތިވަމުންދިޔަ އަނިޠާގެ މައްސަލަތައް ސޯޝަލް މީޑިޔާގައި ފެންމަތިވަމުންދިޔަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: