ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހަން ނިންމީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންނެއް ނޫން: އަސްލަމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުށައަޅުއްވާ ކެބިނެޓަށް “ނޯ” ޖެހުމަށް ނިންމެވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މަޝްވަރާގެ މަތިން ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން މުޅި މަޖިލީސްވެސް ހުއްޓުމަކަށް އައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި އޮއްވާ، އެމްޑީޕީއިން ވަނީ ރައީސް ނަޝީދަށް އިތުބާރު އޮތްކަމަށް ނިންމާ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

އެހެންކަމުން ދެވަނަ ފަހަރަށް މި މައްސަލަ މަޖިލީހަށް ހުށައެޅުމަށްފަހު، އެމްޑީޕީއިން ބުނީ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދެއްވާނެކަމަށެވެ. ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހާނެކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ސާލިހު ވަނީ އަލަށް އުފެދޭ ސަރުކާރުގެ ހުރިހާކަމަކަށް އެމްޑީޕީ އަދި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕީޖީގެ ނިންމުމާއި ރައީސް ސާލިހު ވިދާޅުވެފައިވާ ވާހަކައާއި ފުށުއަރާކަމަށް “ސަންގުން” ފާހަގަކުރުމުން އަސްލަމް “ސަންގަށް” ވިދާޅުވީ މިއީ ޕީޖީއިން ނިންމި ނިންމުމެއްކަމަށެވެ. އަދި މިކަމުގައި ރައީސް ސާލިހު އެއްވެސް އިރުޝާދެއް ނުވަތަ ލަފައެއްވެސް ދެއްވާފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން މިއީ ރައީސް ސާލިހު ކުރައްވާކަމެއްކަމަށް ތުހުމަތުކޮށް، ގާނޫނާއި މަތިކޮށް ވާހަކަތައް ދައްކަވަނީ މަގާމުގެ ބޭނުމުގައިކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަސް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން ނިންމީ ނިންމުމަކީ ރައީސް ސާލިޙާއި މަޝްވަރާކޮށްގެ ނިންމި ނިންމުމެއް ނޫން ކަމަށާއި އެއީ ސިދާ ޕީޖީ ގުރޫޕްގެ ނިންމެވުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޑރ މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވަނިކޮށް، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖެހުމަށް ނިންމާފައިވާ ނިންމުން ރައީސް ސާލިހުގެ ވާހަކައާއި ފުށުއަރާކަމަށް ގަބޫލު ނުކުރައްވަނީ މިއީ ގާނޫނީ ތަރަހައިގެ ތެރެއިން އެމްޑީޕީއިން ނިންމާފައިވާ ނިންމުމެއްކަމަށް ވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްބާރުލުން ދެވޭނީ ގާނޫނީ ތަރަހައިގެ ތެރެއިންކަމަށެވެ. ބަޖެޓު ފާސްކުރުމާއި އެހެން ކަންކަން ކުރުމުގެ މަސައްކަތް މަޖިލީހަށް ކުރިއަށް ގެންދެވޭނެކަމަށާއި، ނަމަވެސް އެމްޑީޕީގެ އެއްބާރުލުން ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރު ނެތްކަމަށް މަޖިލީހުގެ މެންބަރުން ކަނޑައަޅާފައިވާ ރައީސަކު ރިޔާސަތުގައި އިންނަވާ މިފަދަ މަސައްކަތްތަކެއް ނުކުރެވޭނެކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ. އަދި ރައީސް ނަޝީދު ހުންވާ ޑރ މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރައްވައިފިނަމަ، ހުވާ ސައްހަ ނުވާނެކަމަށްވެސް އެމްޑީޕީއިން ބުނެފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ރަސްމީ ކޮމެންޓެއް ޑރ މުއިއްޒުގެ ފަރާތުން ކުރައްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: