ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ހުއްޓިފައި އޮތް މައްސަލައިގައި ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލުވަނީ!

ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތް މައްސަލަ ހައްލުކުރުމަށް އެމްޑީޕީއިން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް ތަދައްހުލުވާން ނިންމާފައިވާކަމަށް ދަ ޑިމޮކްރެޓްސްއިން ހާމަކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އޮތީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރުމަށް އެމްޑީޕީއިން ހުށައެޅި މައްސަލަ އެޖެންޑާކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީއެވެ. މަޖިލީހުގެ އިދާރާއިން ބުނާ ގޮތުގައި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށް އެކަންޏެވެ. މިކަމާއި އެމްޑީޕީއިން ހިޔާލު ތަފާތުވާއިރު، މި މައްސަލައަށް ހައްލު ހޯދުމަށް މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.

މިކަންކަމާއި ގުޅޭ ގޮތުން ޕާޓީގެ ވިސްނުން ހާމަކުރުމަށް ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަަލައަށް ތަދައްހުލުވާން ނިންމާފައިވާކަމަށެވެ. އަދި އެއީ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއްކަމަށްވާތީކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ކަމެއްވެސް ރީތިކޮށް ވާހަކަ ދައްކައިގެން ކުރެވިދާނެކަމަށެވެ. އަދި ޑިމޮކްރެޓުން މިކަމަށް ތައްޔާރުކަމަށާއި، ފެށުނީއްސުރެ ތަކުރާރުކޮށް ގަވާއިދުގައި އޮތް ގޮތަށް ކަންކަން ކުރުމަށް ވާހަކަދައްކަވަމުން އަންކަމަށް އާޒިމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ޑިމޮކްރެޓްސްގެ މަޝްވަރާއާއިއެކު ވަރަށް ގިނަ ކަންކަން ކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ.

އެހެންވީމާ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންނާއި ވާހަކަ ދައްކައިގެން ހަމަ ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން.

އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް ގަވާއިދުގައި އޮންނަކަން ނޫސްވެރިން ފާހަގަކުރުމުން އާޒިމް ވިދާޅުވީ މި މައްސަލަ އަދި މިހާތަނަށް މަޖިލީހުގެ ޖަލްސާއަށް ހުށައަޅާފައި ނުވާކަމަށެވެ. އެހެންކަމުން އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތްކަމަށް ފާހަގަކުރިއެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ، ނޯޓިސް ދިނުމަށްފަހު ނޯޓިސްގެ މުއްދަތު ހަމަވުމުން އެންމެ އަވަހަށް އަންނަ ސަރުކާރު ބަންދު ނޫން ދުވަހެއްގައި މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާ ދުވަސް މިއަދަކީ. އެ ހުށަހެޅުން ހުށަހެޅިއަ ނުދީ މަސައްކަތްތަކެއް އެމްޑީޕީއިން އެދަނީ ކުރަމުން. އޭގެ އެއްވިސްނުމަކީ ކުރިއަށް އޮތް ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކަންކަން އެންމެ ރީތިކޮށް ވިޔަ ނުދިނުން.

އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީއިން މި މައްސަލަ ހުށައެޅުމުގެ މަގްސަދަކީ އައު ސަރުކާރަށް ހުރަސްއެޅުންކަމަށް ޑިމޮކްރެޓްސްއިން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: