ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އދ. އަށް ރާއްޖެއިން ގޮވާލައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޣައްޒާގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށް އދ. އަށް ރާއްޖެއިން ގޮވާލާފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޖަލްސާގައި ކަމަށެވެ.

އެގޮތުުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެ ޖަލްސާގައި ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އޮގަސްޓް މަހުގައި ހިނގި ހަމަނުޖެހުމެއް ނޫން ކަމަށާއި، އެއީ އެތައް ޒަމާނެއް ވަންދެން ހިނގަމުންދާ ހަމަނުޖެހުންތަކެއް ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ޒަމާނެއް ވަންދެން ހިންގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ކުށެއް ނެތް ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެފައިވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި މުދާތައް ގެއްލި ނިކަމެތި ވެފައިވާ ކަމަށެވެ.

ތިލްމީޒާ ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި، މި ކުޑަކުދިންގެ ފުރާނަ ގެއްލުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ަކަމަށެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށްވެސް ތިލްމީޒާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ތިލްމީޒާ ވިދާޅުވީ ސުލްޙަމަސަލަސް ކަމުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއަކަށްޓަކައި، ފަލަސްތީނުގެ ރައްޔިތުުންނަށް އެހީވުމަށް ގޮވާލައްވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: