ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުތުބާގައި ޝާހިދު އިލްތިމާޒް ކުރެށްވީ ދެކޮޅުވެރިވެ ނޭގާނީއަމަލުތައް ހިންގާފައިވާ ފަރާތްތަކާއިމެދު ހިތްތިރި ކުރުމަށް!

ޝާހިދު ހުކުރު ހުތުބާ ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޔޯގްގައި ހުންނަ އދ ގެ މަރުކަޒުގައި މިދިޔަ ހުކުރުދުވަހު އިމާމް ކަންކުރަށްވައި ހުތުބާ ދެއްވަމުން، ދެކޮޅުވެރިކަމުގެ ތެރެއިން ތިމާގެ މައްޗަށް ނޭއްގާނީ އަމަލުތައް ހިންގާފައިވާ ފަރާތް ތަކާއި މެދު ހިތްތިރި ކުރުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ދެއްވި ހުތުބާގައި ޝަހިދު ވިދާޅުވީ ލީޑަރެއްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަނކަން މަޢާފް ކުރުމާއިއެކު، ކުރިމަގާއި މެދު ވިސްނާ އަނެކާގެ މައްޗަށް ރަހުމު ކުރުމުގެ ގާބިލިއްޔަތު ހުރުމުގެ އިތުރުން ވަކިން ހާއްސަކޮށް ތިމާއާއި ދެކޮޅަށް ނޭއްގާނީ އަމަލުތައް ހިންގާފައިވާ ފަރާތްތަކާއި މެދު ހިތްތިރި ކުރުން ކަމަށެވެ.

ޝާހިދު ދެއްވި ހުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް މައްކާގައި ދިރިއުޅުން ދަތިކޮށް އެކަލޭގެފާނު މައްކާއިން ބޭރު ކުރުމުން 400 އެތައް ކިލޯމީޓަރެއް ކަޑައްތުކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށާއި މަދީނާގެ ރަށްވެހިން އިންތިޒާރު ކުރަމުން ދިޔައީ އެކަލޭގެފާނު ވަޑައިގެން ރަށްވެހިންނާއި މުހާތަބްކުރަށްވައި އެންމެ ފުރަތަމަ ވިދާޅުވާނެ ބަސްފުޅަށް ކަމަށެވެ. އަދި އެބައިމީހުން ހިތާއިހިތާއި ސުވާލު ކުރަމުން ދިޔައީ އެކަލޭގެފާނު ވިދާޅުވާނީ ބަދަލު ހިއްޕެވުމުގެ ވާހަކައެއްތޯ ނުވަތަ އެކަލޭގެފާނު އަމިއްލަ ވަޒަން ދޫކުރައްވައި ހިކުރަކުރެއްވުމަށް މަޖުބޫރުކުރެވި ވޭނާއި އަނިޔާއި ހިތްދަތިކަމުގެ ވާހަކަތޯ ކަން ފާހަގަ ކުރަށްވާ ޝާހިދު ވިދާޅުވީ މާތްﷲ ރުއްސުން ލެއްވެވި އިލްމުވެރިއެއް ކަމަށްވާ އަބްދުﷲ އިބްނު ސަލާމް ރިވާކުރެއްވި ގޮތުން އެދުވަހު އެބައިމީހުންނާއި ބުހާތަބް ކުރަށްވާ ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެށްވީ “މީސްތަކުންގެ މެދުގައި ސުލްހަވެރިކަން ފަތުރާށެވެ. އެކަކު އަނެކަކަށް ކާބޯތަކެތި ހިއްސާކުރާށެވެ. މާތްﷲ އަށް ތަޤުވާވެރިވާށެވެ. އަދި އެހެން މީހުން ރޭގަނޑު ނިދާފައި ތިބޭއިރު ނަމާދު ޤާއިމު ކުރާށެވެ.” ކަމަށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޤިދާޔަތުގައި މި އުންމަތައް ލިބުން އެންމެ ކާމިޔާބު ނަސްރު ހާސިލު ކޮށްދެވީ މައްކާ ފަތަހަ ކުރެއްވުމުން ކަމަށް ފާހަގަ ކުރަށްވަމުން ޝާހިދު ވިދާޅުވީ މައްކާ ފަތަހަ ކުރެށްވި ހިންދު މައްކާގެ އަހުލުވެރިން ރަށް ބޭރުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އިންތިޒާރުގައި އެއްވެ ތިބި ކަމަށާއި ކެތްތެރިކަން ކުޑަވެފައިވާ ޙާލު އެމީހުން ސުވާލު ކުރަމުން ދިޔައީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާގެ ރައްޔިތުންނާއި ދޭތެރޭ ކަން ކުރަށްވާނެ ގޮތަކާ މެދުކަމަށެވެ. އަދި އެމީހުންނަކީ ވިއްސަކަށް އަހަރު ވަންދެން އެކަލޭގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނުގެ ރިސާލަތުގެ ދައުވަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދިޔަ ބައެއް ކަން ފާހަގަ ކުރަށްވާ ސާހިދު ވިދާޅުވީ ނަމަވެސް އެކަލޭގެފާނާ ހެދި އެމީހުން ނުތަނަވަސްވާން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އެއީ ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއަށް ވަޑައިގެން މައްކާގެ ރަށްވެހިންނާ މުހާތަބު ކުރަށްވައި ވިދާޅުވި އެންމެ ފުރަތަމަ ބަސްފުޅަކީ ” ދާށެވެ! ތިޔަބައި މީހުންނީ މިނިވަނުންނެވެ!” މިފަދައިން ކަމަށާއި ކުރިން މީހަކު ކޮށްފައިވާ ކަމަކަށް ބަދަލުހިއްޕެވުމެއް ނެތްކަމުގެ ޔަގީންކަން އެކަލޭގެފާނު ދެއްވެވި ކަމަށް މި ހުތުބާގައި ޝާހިދު ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަޔާތްފުޅުން އެނާ އެ ނެންގެވީ ހިތްތިރިކަމުގެ ފުރިހަމަ މިސާތުތަކެއްކަމަށެވެ. އަދި ހިތް ނުތަނަވަސް ވެފައިވާ ހާލުގައިވެސް އޯގަތެރިކަމާއި، އަޅާލުމާއި، މަޑުމޮޅިކަމާއިއެކު އެކަމުން އަރައިގަނެ އެކަކު އަނެކާއަށް އޯގާތެރިވުމަކީ ލީޑަރޝިޕްގެ ފުރިހަމަ ނަމޫނާއެއް ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: