ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓާ އިކޮނޮމިކް ކައުންސިލް: ”އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ 4.5 ބިލިޔަން ޑޮލަރުން 6 ބިލިއަނަށް ހެދުން“

ވިޒިޓަރ އިކޮނޮމިކް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ލިބޭ އާމްދަނީކަމަށްވާ 4.5 ބިލިއަން ރުފިޔާ 6 ބިލިއަނަށް އިތުރުކުރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްދާނެގޮތުގެ ތަފްޞީލުތައް، އެ ކައުންސިލުން ވަނީ މީޑިއާތަކާ ހިއްސާ ކުރައްވާފައެވެ. މި ތަފްޞީލުތައް ޙިއްޞާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ އަލަށް އެކުލަވާލެއްވި ކައުންސިލެކެވެ. މި ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިޒެވެ. ކޯޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ އަމްދަނީއަކީ ގާތްގަޑަކަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުކަމުގައި ވިދާޅުވެ، އެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ މި ސަރުކާރުން ކުރު ރާސްތާއެއްގައި ޙާޞިލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

މީގައި ކުރު ރާސްތާގެ ޓާގެޓެއް އެބައޮތް، ރައީސްގެ ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޓޫރިޒަމް ރެވެނިއު ޖެއްސުން. މިއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ސީލިން ހަމައެކަނި ޓޫރިޒަމް ސެކްޓާ އަށް ޓާގެޓްކޮށްފައި ޕުޝްކޮށްލުން. އެހެންވީމަ އެހެން ސެކްޓާތަކާ އެކުގައި ވަރަށް ބޮޑު ތަން އިތުރުވެގެން ދާނެ.

ސައީދު ވިދާޅުވިއެވެ.

އެކަން ޙާޞިލުކުރުމުގައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތުކޮށް ކުޅިވަރު، ސަގާފަތް، ތައުލީމީ، އަދި ޞިއްޙީ ދާއިރާފަދަ ފަތުރުވެރިކަމަށް ފުރުޞަތުތައްހުރި ބައެއް ދާއިރާތައް މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

ސައީދު ވަނީ ބައެއް ގައުމުތަކުގައި މިހާރުވެސް ވިޒިޓާ އިކޮނޮމީ ކައުންސިލު އުފައްދައިގެން މަސައްކަތްކުރަމުން ގެންދަވާކަން ފާހަގަކޮށް، އެއް އޮސްޓްރޭލިއާއިން މިސާލު ދައްކަވާފައެވެ. އެގޮތުން، އޮސްޓްރޭލިއާއިން ވިޒިޓާ ޑިވެލޮޕްމަންޓް ކުރިއަށް ގެންދާއިރު، އިނގިރޭސި ވިލާތުގެ ބައެއް ތަންތަނުގައި ފަތުރުވެރިކަން ތައާރަފްކުރާކަމަށާއި، އަދި ވިޒިޓާ އިކޮނޮމީ އެކްޓިވިޓީސްތަކެއް ކުރިއަށް ގެންދާކަންވެސް ފާޙަގަކުރެއްވިއެވެ.

މިހުރިހާކަމެއްގެ އެންމެ ބޮޑު މަގްސަދަކީ ދެކޮޅު ޖެހޭ އިންކަމެއް ރައީސް ޑރ މުއިއްޒުގެ ވެރިކަމުގައި ތައާރަފްކޮށް ސަސްޓެއިނަބަލް އަދި ދެމެހެއްޓެނިވި ކޭޝްފްލޯއެއް ނުވަތަ އިގްތިސާދެއް ގެންގުޅެވި ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުންކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: