ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ އުކުޅަހުގައި!

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިރެޔަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ތައާވަލު ކުރައްވަފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް “ސަންގުން” ގުޅުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ މި ޖަލްސާ ކުރިއަށްދާނީ އއ އުކުޅަހުގައިކަމަށެވެ. ޖަލްސާގެ އެޖެންޑާ ކަނޑައަޅާނީ މިހާރު ކުރިއަށްދާ ނުރަސްމީ ބައްދަލުވުންތަކުގެ ތެރެއިންކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނީ ކޮން ތާރީހެއްގައިކަން މިރޭގެ ޖަލްސާގައި އިއުލާންކުރުން އެކަށީގެންވާކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެއީ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމެވެ. މި މަގާމުތަށް ހުސްވީ އެ މަގާމުގައި ތިއްބެވި ބޭފުޅުން އައު ޕާޓީއެއް އުފެއްދުމަށް އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ މުހިންމު ނިންމުންތައް ނިންމުމަށް ބާއްވާ މަޖިލީހެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: