ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ފަސްކޮށްފި

އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، އެމަނިކުފާނު މިވަގުތު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަަށް ފުރާވަޑައިގެންފައިވާތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީން މީގެ ކުރިން ނިންމާފައި އޮތީ، ގައުމީ މަޖިލިސް އިންތިހާބު މި މަހުގެ 29 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. އެހެން ނަމަވެސް މި މަހުގެ 06 ގައި ޕާޓީގެ ރައީސް މުހައްމަދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އިންތިހާބު ފަސް ކުރީ ރައީސް ނަޝީދު ނެތި އިންތިހާބު ކުރިޔަށް ގެންދިއުމާއި މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

އިންތިހާބު ފަސްކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، ފަރުވާދެމުން ގެންދާ ވަގުތެއްގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގެންދިއުން ރަނގަޅެއް ނޫން ކަމަށެވެ. އެހެން ކަމުން ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ދުވަހެއް، ކުރިޔަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ކަނޑައަޅާ އިއުލާނު ކުރާނެކަމަށް އެމްޑީޕީން ބުންޏެވެ.

އިންތިހާބުގެ ތާރީހަށް ބަދަލުތަކެއް އަޔަސް، ޕާޓީގެ ތެރޭގައި އިންތިހާބަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ކުރިޔަށް ގެންދާނެކަމަށް ބަޔާނުގައި ވެއެވެ.

“ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ވާހަކަ ދެންނެވީމެވެ. އިންތިހާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ދެންނެވީމެވެ.” އެމްޑީޕީ

ގައުމީ މަޖިލީހަކީ ޕާޓީގެ ތެރޭގެ މުހިންމު ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވާ މަޖިލީހެކެވެ. އިންތިހާބުގެ ތައްޔާރީތައް ފޯރީގައި ކުރިޔަށް ދަނިކޮށް ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެންމެންގެ ސަމާލުކަން ވެސް ހުރީ ރައީސް ނަޝީދަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ޕާޓީގެ ގިނަ މެމްބަރުން ވަނީ، ރައީސް ނަޝީދަށް ސީރިއަސް އަނިތާތަކެއް ލިބި ފަރުވާ ހޯދަމުން ދަނިކޮށް އިންތިހާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ އަދަދެއް އަދި ޕާޓީން ހާމައެއް ނުކުރެ އެވެ. އަދި އިންތިހާބުގައި ވާދަ ކުރެވޭނީ، ޖިނާއީ އެކި ތުހުމަތުތަކެއް އަދި ޖިންސީ ގޯނާގެ ތުހުމަތެއް ކުރެވިފައި ނުވާ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާގެ ލިސްޓުގައި ނުހިމެނޭ މީހެއްކަމަށް ޕާޓީގެ މިވަގުތު އޮތް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: