ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ސާލިޙް އައްޔަން ކުރަން ނިންމައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޔަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ހުސްވެފައިވާ އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ސާލިޙް އައްޔަން ކުރުމަށް ފާސްކުރީ ވަގުތީ ގޮތުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމް ހުސްވެފައި ވަނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވުމުންނެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ޕާޓީގެ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ރައީސް ސާލިޙް އައްޔަން ކުރުމަށް ފާސްކުރުމުގެ އިތުރުން ރައީސް ސާލިޙްގެ ސަރުކާރުގައި ކެބިނެޓް ވަޒީރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ގައުމީ މަޖިލީޙުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ކަންކަމުގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: