ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ފަލަސްތީނުގެ 39 މީހަކު ދޫކޮށްލައިފި!

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންތަކެއް ދޫކޮށްލި މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުނު ފަލަސްތީނުގެ 39 ރައްޔިތަކު ދޫކޮށްލާފައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އިސްރާއީލުންވަނީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމާއި އެއްގޮތުގެމަތިން 39 މީހަކު ދޫކޮށްލާފައެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ގައިދީންތަކެއް ދޫކޮށްލުމުންކަމަށްވެސް ބުނެފައިވެއެވެ. އިސްރާއީލާއި ހަމާސް ދެމެދު ވެފައިވާ އެއްބަސްވުން އެކުލަވާލެވިފައިވަނީ ގަތަރުގެ ބެލުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން 4 ދުވަސް ވަން ދެން ހަމަލާތައް ހުއްޓާލުމަށް ކަނޑައެޅިފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުންވަނީ ހަމަލާތައް ހުއްޓާލުމުގެ ކުރިން އިތުރަށް ވަރުގަދަކޮށް އެތަކެއް ބަޔަކު ޝަހީދުކޮށްލާފައެެވެ.

ރިޕޯޓުތަކުގައިވާގޮތުން، އިސްރާއީލުން ހައްޔަރުކޮށްފައި ތިބި މީހުންނަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގައުމު އުކުމުން ފެށިގެން މީހަކު މެރުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ. ބައެއް މީހުންގެ މައްޗަށް ދައުވާވެސް ކޮށްފައިވާއިރު، 24 އަންހެނުންނާއި ފުރާ އުމުރުގެ 15 ފިރިހެން ކުދިން ދޫކޮށްލީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގުގެ ސަރަހައްދުތަކަަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެހާ ހިސާބުން އެ މީހުންނަށް އެނބުރި ގެތަކަށް ދިއުމަށް ފުރުސަތު ދީފައިވާނެކަމަށް އިސްރާއީލުން ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެ މީހުންނަކީ އިސްރާއީލުން އެކުލަވާލާފައިވާ 300 މީހުންގެ ލިސްޓެއްގައި ހިމެނޭ މީހުންކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ލިސްޓުގައިވާ މީހުންގެ ހަތަރު ބައި ކުޅަ އެއް ބައިގެ މައްޗަށްވެސް ދައުވާ ކޮށްފައިނުވެއެވެ. އެ މީހުން ބަންދުކޮށްފައތިބީ ކޯޓާއި ހިސާބަށް ދިއުމުގެ އިންތިޒާރުގައިކަމަށާއި، އެންމެ ގިނައީ ފުރާ އުމުރުގެ ފިރިހެން ކުދިންކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ލިސްޓުގައި ފުރާ އުމުރުގެ އަންހެން ކުއްޖަކާއި 32 އިތުރު އަންހެނަކު ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

ހަމާސްއިން ދޫކޮށްލާފައިވަނީ 13 މީހެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ މީހުން އެނބުރި އާއިލާތަކާއި ހިސާބަށް ގޮސްފައިވާކަން ކަށަވަރުވާކަމަށްވެސް ބުނެފައިވެއެވެ. އަދި މި އެއްބަސްވުމާއި ވަކިން ތައިލެންޑަށް ނިސްބަތްވާ ބަޔަކުވެސް ދޫކޮށްލާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު ހާމަކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިސްރާއީލާއި ހަމާސް ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ތެރޭގައި ޣައްޒާގައި ހައްޔަރުކޮށްފައިވާ މީހުންގެ 50 މީހަކު ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. އެއްބަސްވުމާއި އެއްގޮތަށް ކަންކަން ކުރިއަށްދާ ނަމަ 150 ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލައި، އެކަށީގެންވާ މިންވަރަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެންދާނެކަމަށާއި އެހީގެ ތެރޭގައި 60 ލޮރީގެ ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި ތެލާއި ކާބޯތަކެތިވެސް އިޖިޕްޓުގެ މަގުން ވެއްދުމަށް ފަހިވެގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: