ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން އިސްރާއީލަށް އެތައް ހާސް ބޮމެއް ދީފި!

މިސްރަށް ދިއުމަށް މަސައްކަތްކުރި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގެ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތްތަކާއި ބިންގަރާސް ފުނޑުފުނޑުކުރުމަށް އިސްރާއީލުން ބޭނުންކުރަމުންދާ ބޮންތަކަކީ އެމެރިކާއިން އެ ގައުމަށް ދިން ތަކެތިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބަންކާ ބަސްޓާރ ބޮމްސްގެ ގޮތުގައި ކިޔަމުންދާ ހަތިޔާރުތަކުގެ އިތުރުންވެސް އެކި ބާވަތްތަކުގެ ހަތިޔާރު އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދީފައިވެއެވެ. އެމެރިކާއިންވަނީ ބަންކާ ބަސްޓާރ ގޮތުގައި ކިޔޭ ބޮމުގެ 100 ބޮން އިސްރާއީލަށް ދީފައެވެ. އަދި އެ ތަކެއްޗަކީ ހަރު ތަންތަނުގެ ތެރެއަށް ވަނުމަށް ފަހު ގޮވާ ޒާތަށް ފަރުމާކޮށްފައިވާ ބާވަތެއްގެ ބޮންތަކެއްކަމަށްވެސް ބުނެފައިވެއެވެ.

ކޮންމެ ބޮމެއްގައި 900 ކިލޯއަށްވުރެ އިތުރު ބަރުދަނެއް ހުންނަކަމަށްވެސް މީޑިއާތަކުން ފާހަގަކުރާއިރު އެމެރިކާއިންވަނީ އަފްގާނިސްތާކުގައި ހިންގި ޖަރީމާތަކުގައިވެސް މިފަދަ ބޮންތައް ބޭނުންކޮށްފައިކަންވެސް ފާހަގަކުރެއެވެ. އެހެންނަމަވެސް މިއީ އެމެރިކާއިން އިސްރާއީލަށް ދީފައިވާ ހަމައެކަނި ހަތިޔާރު ނޫންކަމަވެސް ރިޕޯޓުކުރެއެވެ.

ރިޕޯޓުތަކުން ބުނާގޮތުން އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކުރުމުގެ މަސައްކަތްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ބަދަލުކުރެވެމުންދާ ހަމަލާތައް ފެށުމަށްފަހުވެސް 15،000 ބޮމާއި އިތުރު 4 ބާވަތަކުން 14،000 އާއި ގާތްކުރާ އަދަދަކަށް އެ ގައުމަށް ބޮން ފޯރުކޮށްދީފައެވެ. އަދި އެ ހަތިޔާރުތައް ދެމުންދަނީ އަސްކަރީ އެހީގެ ގޮތުގައި އެމެރިކާއިން ދެމުންދާ އެތައް ބިލިއަން ޑޮލަރެއްގެ އެހީގެ އިތުރުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 95%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: