ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރަން އެ ޕާޓީއަކަށް ނިސްބަތްވާކައް ނުޖެހޭ: އީސީ

އިސްމާއީލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީއެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫންކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެއްވިދާނެކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީއެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ނަމަ، ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރުކަމަށާއި އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއިކަމަށް ހަބީބް ވަނީ މައުލޫމާތު ދެއްވާފައެވެ.

ރަސްމީ ގޮތުން ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވަނީ ޕީޕީއެމް/ޕީއެންސީއިންނެވެ.

މަޖިލީސް އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ތައްޔާރުވަމުންދާއިރު، އިންތިހާބު ބާއްވާނެ ތާރީހެއް އަދި ސީދާ ކަނޑައެޅިފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: