ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީވެސް 10،000 މެންބަރުން ހަމަކޮށް، ބަޖެޓުން ފައިސާ ދޭ ޕާޓީތަކުގެ ލިސްޓަށް!

ރައީސުލްޖުމްހުރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު، ޕީއެންސީގެ ޗެއާޕާސަންއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް 10،000 މެންބަރުން ހަމަވެފައިވާކަމާއި، އެ ޕާޓީއަށް ދައުލަތުގެ ބަޖެޓުން ދެން ފައިސާ ލިބޭނެކަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ހަބީބް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާއި ހަމަޔަށް 10،000 މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއްގައިކަމަށެވެ.

އެ ޕާޓީތަކަކީ:

  1. އެމްޑީޕީ
  2. ޕީޕީއެމް
  3. ޖުމްހޫރީ ޕާޓީ
  4. ޢަދާލަތު ޕާޓީ
  5. އެމްޑީއޭ
  6. ކޮންގްރެސް ޕާޓީ

މިއަހަރު ފެށުން އިރު ޕީއެންސީގައި ތިބީ 3،000 އެއްހާ މެންބަރުންނެވެ.

ނަމަވެސް ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި، ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަން ފަށާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: