ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީ ތައާރަފްކުރި މީހުން ދައްކަނީ އެދެވޭ މަންޒަރެއްނޫން: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީ ތައާރަފްކުރި ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރަމުން އައި މީހުން ދައްކައިދިނީ އެއީ ޑިމޮކްރެސީ ދަންނަ ބައެއް ނޫންކަން ކަމަށް ޕީއެންސީގެ ޗެއާރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ބޭއްވި ހާއްސަ ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން އުފެދިގެން އައި ކޮންމެ ސަރުކާރެއް އައިސް ރައީސްއަކު ރައްޔިތުން އިންތިހާބު ކުރައްވާކަމަށެވެ. އަދި އެ ރައީސްގެ ކެބިނެޓު އެކުލަވާލައި މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވުމުން ރުހުން ނުދޭ ބަޔަކު އެއީ ޑިމޮކްރެސީ ދަންނަ ބަޔެކޭ ބުނެ ވަކާލާތު ކުރައްވާނެ ކަމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަމެއް ގާއިމު ވެގެން ދިޔައިރު ސަރުކާރުގެ ކެބިނެޓަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ރުހުން ދިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ހަމައެފަދައިން 2013 ވަނަ އަހަރާއި އަދި 2018 ވަނަ އަހަރުވެސް އޭރު އޮތް ކެބިނެޓަށް މަޖިލީހުން ރުހުން ދެއްވާފައި ވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މަޖިލީހުގައި އޮތް އިދިކޮޅުގެ އެމްޑީޕީން އެކަން ބަލައިނުގަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެސީގެ ރިވެތި އުސޫލުތައް ދަސްކުރަން ބޭނުންފުޅު ވާނަމަ ހިގަންވީ ޕީޕީއެން ޕީއެންސީ ހިނގާ މަގުން ކަމަށެވެ. ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީ އުސޫލުން ކަން ކުރަމުން އަންނަ ޕާޓީއަކީ ޕީޕީއެމް ޕީއެންސީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަން ކޮންމެ އިންތިހާބެއްގައި ދައްކައިދެމުން އަންނަ ކަމަށާއި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިކަމުން ވެސް ދަނީ ޑިމޮކްރެސީގެ ރިވެތި އުސޫލުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން އަބްދުއްރަހީމް ވިދާޅުވީ މީހާރު ރުހުން ހޯދަން އެހާވަރަށް މަސައްކަތް ނުކުރައްވާ ކަމަށާއި ރުހުން ދޭން ބޭނުންނަމަ ދީ އަދި ދޭން ބޭނުންނުވާނަމަ ތިއްބެވުމަށެވެ. އަދި ގާނޫނު އަސާސީގެ 15 ވަނަ މާއްދާގެ (ޅ) އިން ރައީސްގެ ވާޖިނުތަކާއި މައްސޫލިޔަތުތަށް އަދާ ކުރުމަށް މީހުން އައްޔަނު ކުރެވޭނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: