ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ގައުމުތަކާއި ގުޅުންބަދަހިކުރި ނަމަވެސް ބައެއް ގައުމުތަކުގެ އެހީއާ ނުލައި ކުރިއަށް ދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގެ ގައުމުތަކާ ގުޅުން ގާއިމް ކުރަމުން ދާކަމަށާއި ނަމަވެސް “އެހެން ބައެއް ފަރާތްތަކުގެ” އެހީއާ ނުލައި ރާއްޖެއަށް ކުރިއަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީއިން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކުގެ އެހީއާ ނުލައި ރާއްޖެއަށް ކުރިއަށްދެވޭނެ ކަމަށާއި އެކަން ރައްޔިތުންނަށް ފަހުން އިހުސާސްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބޭރުގެ ދުނިޔޭގެ އެކިއެކި ގައުމުތަކާ ގާތް ގުޅުން އުފެއްދުމުގައި ކުރިއަރައިގެން ގޮސްފައިވާކަމަށާއި އަދި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވެސް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް މިއީ އަމިއްލަވަންތަ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި، އެހެން ބައެއް ފަރާތްތަކުގެ އެހީތެރިކަމާ ނުލާ ކުރިއަށްދެވޭވަރުގެ ގައުމެއްކަން އެމަނިކުފާނުގެ ޓީމުން ސާބިތުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވާހަކައިގެ ހަގީގަތް ކަމުގެ ބާވަތުން ވިދާޅުނުވެވުނުނަމަވެސް ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި އެކަން ސާފުވެގެން ދާނެކަމަށެވެ. ރައީސް ވިދާޅުވީ އެމްނިކުފާނުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށާއި އަދި ރައްޔިތުން އެދިލެއްވި ގޮތަށް އަދި އެމަނިކުފާނުވެސް ވެސް ބޭނުންވާ ގޮތަށް މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ދެއްވާނެ ކަމަށެވެ.

މީގެއިތުރުން އެމަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ރައްޔިތުންގެ ހައްގުގައި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: