ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބޮޑުވުމުން ފޯރުވި އެހީގެ ތަފްސީލުތައް އާންމުކޮށްފި

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ރައީސް މުއިއްޒު ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވުން/ ފޮޓޯ: މިނިސްޓްރީ އޮފް ހޯމް ލޭންޑް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފެންބޮޑުވުމަށް ދިމާވި ހާދިސާގައި ސަރުކާރުން ފޯރުކޮށްދީފައިވާ އެހީގެ ތަފްސީލުތައް ހިއްސާކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން ފެންބޮޑުވުމުގެ ސަބަބުން އެ މުއައްސަސާއަށާއި ދިވެހި ސިފައިން އަދި ފުލުހުންގެ އިތުރުން ރެޑްކްރެސެންޓްގެ ހޮޓްލައިންތަކަށް ޖުމުލަގޮތެއްގައި 494 ފޯން ކޯލް ލިބުނުކަމަށެވެ. އަދި ފެންވަދެގެން ގެއްލުން ލިބުނީ ޖުމުލަކޮށް 227 ތަނަކަށް ކަމަށްވާއިރު، 193 ތަނަކަށް އިޖާބަ ދެވުނުކަމަށް ހިއްސާކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން މަގުތައް މަތީގައި ހެދިފައި ހުރި ފެންގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ސިޓީ ކައުންސިލް އަދި ފުލުހުންގެ އިތުރުންވެސް ސަރުކާރުގެ މުއައްސަސާތަކުގެ މީހުން ހަރަކާތްތެރިވެފައިވެއެވެ. އަދި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 152 ތަނެއްގައި 1018 ވެލި ބަސްތާ ޖެހުނުކަމަށާއި އެހީ ދިން ތަންތަނުގެ ތެރޭގައި އާންމުން ދިރިއުޅޭ ގެތަކާއި ސުކޫލު އަދި ފިހާރައާއި ގުދަންވެސް ހިމެނޭކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ވަގުތުން އެހީ ބޭނުންވާ 43 ގެއަކަށް ރެޑް ކްރެސެންޓު މެދުވެރިކޮށް ރެޕިޑް އެސެސްމަންޓު ހަދައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 18 ގެއަކުން 110 މީހަކު ދެ ދުވަހުގެ މުއްދަތަކަށާް ވަގުތީ ބޯހިޔާވަހިކަން ދެވިފައިވާއިރު، ކެއިން ބުއިމުގެ އިންތިޒާމުތައްވެސް ހަމަޖެއްސިކަމަށް ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ އިތުރު ގޮތެއް ނެތް މީހުންނަށްކަމަށާއި މިހާރު އާންމު ހާލަތަށް ގެނެވި ގޭގެއަށް ބަދަލުކުރެވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.  އަދި ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލްކޮށް އެއް މިލިއަނަށްވުރެ އިތުރު އަދަދެއްގެ ގެއްލުން ލިބިފައިވާކަމަށާއި ކާރިސާތަކުގައި އިންސާނީ އެހީ ދޭ އުސޫލުގެ ދަށުން އެސެސްމެންޓު ހެދުނު ގެތަކަށް ހަތް ލައްކައަށްވުރެ އިތުރު އަދަދެއް ދިނުމަށް ހަމެޖެހިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: