ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުމާލެއް ނެތްކަމަށް ދައްކައި، ސަރުކާރުން އުޅެނީ ކުއްޖާ ނިޔާވި މައްސަލައިން ދިފާއުވާން: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު: ފޮޓޯ/ މެމްބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އުޅުއްވަނީ ގއ. ވިލިނގިލިން މާލެ ގެނައުމުގައި ލަސްތަކެއްވެ ނިޔާވީ ކުއްޖާގެ މައްސަލަ ދިފާއުކުރުމަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑިޕީން ބޭއްވި ހަރުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ ވިލިނގިލި ކުއްޖާ ނިޔާވި މައްސަލަ އާއި ގުޅިގެން ސަރުކާރުގެ ހުރިހާ ވަޒީރުން ޑިފެންސަށް ފައިބާވަޑައިގެން އެ މައްސަލާގައި ކަން ހިނގާދިޔަގޮތް ވަރަށް ބޮޑަށް ދިފާއުކުރެއްވި ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ވެސް އިހުމާލުތަކެއް ވެފައި ހުރިކަމަށް ވާހަކަ ދެކެވޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެންޑީޕީގެ ސަރުކާރުގައި އިހުމާލުތައް ވެވިފައި އެބަހުރި ކަމަށާއި އެހެން ނަމަވެސް ސަރުކާރެއްގައި އިހުމާލެއް ހިނގުމަކީ އަނެއް ސަރުކާރަށް އެކަން ތަކުރާރު ކުރުމަށް ލިބޭ ލައިސަންސް އެއް ނޫން ކަމަށެވެ. މުވައްސަސާ ތަކުން ނެރެފައިވާ ހުރިހާ ބަޔާންތަކުންވެސް މިމައްސަލައިގައި ސަރުކާރުގެ އިހުމާލު އޮތްކަން ސާފުކޮށް އެނގޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ވިދާޅުވީ މުވައްސަސާ ތަކުން ނެރެފައިވާ ބަޔާންތައް ކިޔާލުމުން ހާމަވެގެން ދިޔައީ އެ މުވައްސަސާ ތަކުނެ އެކަމުގެ ޒިންމާ ނަގަން ބޭނުންނުވާ ކަން ކަމަށެވެ. ކުއްޖަކު ނިޔާވެގެން މުޅި ގައުމު ކަންބޮޑު ވެފައިވާއިރު ސަރުކާރުން އުޅުއްވަނީ އެކަމާއި ހަވާލު ނުވާން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ކަމެއް ކުރުމުގައި ރަނގަޅު ނިޔަތެއްވާނަމަ އެކަމާ ހަވާލުވެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ޒިންމާ ނަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަސައްކަތުގައި ރަނގަޅޫ ނިޔަތެއް ނުވާކަން އެނގެނީ އެ މައްސަލާގައި ޒިންމާ ނަންގަވަން ބޭނުން ނުވާތީ ކަމަށާއި އަދި އެންމެފަހުން އެކަމުގައި މައްސަލައަކަށްވީ މޯލްޑިވިއަންގެ ފުލައިޓުގެ ފުރޮޅުކަމަށެވެ. މިހާދިސާއާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ އިމަޖެންސީ ކަމެއް އަތުވެއްޖެނަމަ ޝެޑިއުލް ފްލައިޓްތަކަށް ވުރެ ޗާޓަރު ފްލައިޓްތަކަށް އިސްކަމެއް ދިނުމަށް ނިންމާފައެވެ.  އަދި ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: