ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން ހަވާލުވި ވެރިންނަށް ފުރަތަމަ ދެ މަހުން ކުރެވުނީ ކޮން އީޖާދީ ކަމެއް؟: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަރާތްތަކުން ދައުރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ކުރެއްވި އީޖާދީ ކަމެއް މަސައްކަތްތަކެއް އޮތްތޯ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މޮޅު ވާހަކަަތައް ދެއްކެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ކާމިޔާބީއެއް ހާސިލުކުރެވިފައިނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ޕީއެންއެފްއަށް ނިސްބަތްވާ ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ފަދަ ބޭފުޅުން ވިދާޅުވަމުންދާއިރު މިނިސްޓަރު ސައީދުވަނީ ރައީސް މުއިއްޒު ދިފާއުކުރައްވާފައެވެ.

މިނިސްޓަރު ވަނީ މީގެ ކުރީގެ ސަރުކާރުތަކުން ވެރިކަމާއި ހަވާލުވެގެން ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި މި ސަރުކާރުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ގާނޫނު ތަޅު އަޅުވައިގެން ތިބި ފައިސާ ޗާޕުކުރުން ފަދަ އަމަލެއް ނުހިންގާނެކަމަށާއި މާލީ ޒިންމާއިން ރެކުމަކީވެސް ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރެއްވީ ވަރަށް އާންމު ސުވާލެއްކަމަށެވެ. އެހެންނަމަވެސް އެއީ މުނާސަބު ވަގުތެއްގައި ކުރެއްވި ސުވާލެއްކަމަށާއި ފާހަގަކުރެއްވީ އެނަލައިޒް ކުރަން ޖެހޭ ކަމެއްގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވި އިރު ނުއްދަކާ ހުރި ބިލުތަކުގެ އަދަދު 7 ބިލިއަން ރުފިޔާއާއި ގާތްކުރާކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: