ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްގެ ޕީޖީ އިން ނިންމައިފި

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްގެ ޕާލިމަންޓް ގުރޫޕް (ޕީޖީ) އިން ނިންމައިފިއެވެ.

ސަރުކާރަށް ދެ މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް، އަދި މިހާތަނަށް ވަޒީރުންނަށް ރުހުން ދީފައެއް ނުވެއެވެ. ކޮމިޓީގެ ނިންމުމަށްފަހު، މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ވުޒާރާތަކުގެ މެންޑޭޓު ރައީސް އޮފީހުން މަޖިލީހަށް ނުފޮނުވާ އޮތުމުން މައްސަލަަ ކުރިއަށް ނުގެންދެވުނެވެ.

އެއަށްފަހު މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ޑިމޮކްރެޓްސްއިން ބަޔާނެއް ނެރެ ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައިކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

ޑިމޮކްރެޓްސް ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެކެވެ.

ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަންކަމަށް ޕާޓީއިން ނެރުން ބަޔާނުގައިވެއެވެ. އަދި އިދިކޮޅު ޕީޖީއެއްގެ ގޮތުން އެ ޕާޓީއިން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގަކަމަށާއި، އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އެ ޕާޓީގެ ޕީޖީއިން އަމަލުކުރާނީ އެގޮތުގެމަތީންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: