ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފަގެ ވަގުތީ ރައީސް އަކަށް ޒޭން އިންތިހާބުކޮށްފި!

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރާޅުގަނޑުގައި ބާއްވަނީ -- ފޮޓޯ: މިރާން/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނާވާ އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސަކަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފިއެވެ.

ޣިޔާސުއްދީން ސްކޫލުގައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވިޔަ ނުދީ ފުލުހުންވަނީ އެ ޖަލްސާ ހުއްޓުވައިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޕީއެންއެފްއިން ޖަލްސާ ބޭއްވުމަށްޓަކައި ހުއްދަ ނުހޯދާ ކަމަށާއި އެހެންކަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސްކޫލުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން އެޕާޓީ އެސަރަހައްދުގައި ބޭއްވުމަށް ފުލުހުން ޖާގަނުދިނުމުން ޕީއެންއެފްގެ ޖަލްސާ ވަނީ ރާޅުގަނޑު ސަރަހައްދުގައި ބާއްވާފައެވެ.

ރާޅުގަނޑު ސަރަހއްދުގައި ބޭއްވި ޖަލްސާގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އެ މެންބަރުންގެ އިއްތިފާގުން ޒޭން ވަނީ އިންތިހާބުކޮށްފައެވެ.

ޕީއެންއެފްގެ ޖަލްސާ 10:00 ފެށުމަަށް ނިންމާފައިި ވީނަމަވެސް އެޖަލްސާ ފެށޭގޮތްވީ 00:20 ހާއިރު ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަނުމަށްވެސް ފުލުހުން ހުއްދަ ދީފައިނުވެއެވެ.

ޖަލްސާގެ ރިޔާސަތު ބައްލަވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކެޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: