ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތައް ކާމިޔާބުކުރެވުނީ މެމްބަރުންނާއި ސަރުކާރާއި ގުޅުން ރަނގަޅުވެގެން އެކަންޏެއް ނޫން: ފައްޔާޒްަ

އެމްޑީޕީގެ އެޑްވައިޒަރ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެމްޑީޕީއަށް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވަނީ އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރާއި ދެމެދު އޮތް ގުޅުން ރަނގަޅުވުމުން ނޫންކަމަށާއި އެއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ނަތީޖާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒްވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތަރައްގީތައް ގެނެސްދެވޭނީ މަޖިލީހުގެ ބާރުވެރިކަން ލިބުމުންކަމަށް ބުނަމުންދާކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެހެން ބުނަމުންދިއުމާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި އެކަމާއިމެދު ސުވާލުތައް އުފެދިފައިވާކަމަށެވެ. އެހެންނަމަވެސް ސަރުކާރަށް މެޖޯރިޓީ ދިނުމުން އެ ބުނާ ގޮތުގެ މަތިން މަސައްކަތްތައް ނުކުރެވޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު މަޖިލީހުގެ މެމްބަރުންކަން ކުރެއްވިކަމަށެވެ. އެހެންނަމަވެސް އޭރު ތިއްބެވި މެމްބަރުންގެ ތެރެއިން އެއްވެސް މީހަކު ދާއިރާއެއްގެ މަސައްކަތެއް ނުކުރެވިގެން އެ ކަންބޮޑުވުންތަކުގެ އަޑު އުފުއްލެވި އަޑު އިވިވަޑައިގެންފައިނުވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް ނިމިގެންދާ މަޖިލީހަށް ބައްލަވާއިރު، އެމްޑީޕީގެ މެމްބަރުން ކުރެއްވި މަސައްކަތްތައް ތަފާތުކަން ފެނިގެންދާނެކަމަށް އަލިއެޅުއްވިއެވެ. އެގޮތުން އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންވަނީ ސަރުކާރަށް ފާޑުކިއުމުގެ އިތުރުން ނަސޭހަތްތެރިވުމާއި ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައްވެސް ކޮށްފައިކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އެ ޕާޓީއިން ވެރިކަން ކުރަމުންދިޔައީ ތިން ބާރު ވަކިވެފައި އޮންނަ އޮތުމަށް އިހުތިރާމްކޮށް ރިއާޔަތްކޮށް އެގޮތުގެ މަތިންކަމަށެވެ. އަދި އެއް ގޮތަކަށްވެސް އެ މަސައްކަތްތައް ކުރެވިގެންދިޔައީ އެ ޕާޓީގެ މެމްބަރުންނާއި ސަރުކާރާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން އެކަނި ނޫންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވަކި މުއައްސަސާއެއްކަން ރައީސް ސާލިހުގެ ސަރުކާރުން ގަބޫލުކުރިކަމަށާއި އަބަދުވެސް ޒިންމާތައް އަދާކުރެއްވުމުގައި ސަރުކާރާއިއެކު މެމްބަރުން މަސައްކަތްކުރައްވާކަމަށާއި ބައެއް ހާލަތްތަކުގައި ޒުވާބުވެސް ކުރާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މެމްބަރުން އަދި ސަރުކާރާއި ދެމެދު އެއްބަސްވާ ކަންކަމާއި ދެބަސްވުންތައްވެސް ހުރިކަމަށާއި ނަތީޖާތައް ނެރެމުންދިޔައީ އެކަންކަމުގެ ތެރެއިންކަމަށެވެ.

އެހެންނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި އެ ޕާޓީގެ މެމްބަރުންނަކީ ސަރުކާރުގެ އަޅުންކަމަށް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގެންނެވި 13 މެމްބަރުންގެ ހާލަތަށް ބެއްލެވުމުން އެކަން ފެނިގެންދާކަމަށެވެ. އަދި ދާދި ފަހުން އެ ޕާޓީއިން ޕްރެސްކޮންފަރެންސެއް ބޭއްވި އިރުވެސް ފެނުނީ ހުސް އެމްޑީޕީގެ ކުރީގެ މެމްބަރުންކަމަށާއި ކުލީ ސިފައިންގެ ގޮތުގައި ދުންމާރި ފުމެންވެސް ތިބީ އެ ޕާޓީގައި ކުރިން ތިއްބެވި މެމްބަރުންކަމެއްކަމަށާއި އެ ދުވަހު ޕީއެންސީގެ މެމްބަރުން ތިއްބެވީ އެ މީހުންނަށް އަމުރުކުރެއްވުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، 2014 އިން 2019 ވަނަ އަހަރު ނިޔަލަށް ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި ކުރެއްވި މަސައްކަތަކަށް ބަލާއިރު، ހަމައަކަނި ވާހަކަދެއްކީ ސަރުކާރު ދިފާއުކުރަންކަން ފެނިގެންދާނެކަމަށެވެ. އަދި އެއްވެސް ރަށެއްގައި ކަމެއް ނުކުރެވިގެން ވާހަކައެއް ދައްކާފައި ނޯންނާނެކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދިޔައިރު އެ ކަންކަން ބަދަލުކޮށްގެން ސަރުކާރުން ކުރަމުންދަނީ ރަނގަޅު ކަންކަންކަމަށް ދެއްކުމަށްވެސް މަސައްކަތްކުރަމުން އައިކަމަށެވެ. ފައްޔާޒް ވިދާޅުވީ، އެންމެ ފަހުން ސިފައިން އައިސް މަޖިލިސް މެމްބަރުން ބޭރަށް އެއްލާލިއިރުވެސް އެޕާޓީގެ މެމްބަރުން ތިއްބެވީ ސަރުކާރު ދިފާއުކުރަންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: