ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ”ބްރޯ“ ހެދިގެން ނޫޅުމަށް ގޮވާލުމަށް ފަހު، ނަޝީދު މިހާރު ބޭނުމީ ބަރުލަމާނީއަށް ފައްޔަގެ ތާއީދު!

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އަމާޒުކޮށް ކުރި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކަށް ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވައި ބޭނުން ވަނީ ފައްޔާޒާއި އެކު ގުޅިގެން ކުރިޔަށް ދިއުމަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ބްރޯ ހެދިގެން ނޫޅުމަށާއި، ސަރުކާރުގެ އެތެރޭގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މައްސަލަ ބަލައި ތަހުގީގު ކުރާނެކަމަށް ވިދާޅުވުމަށް ފަހު، ރައީސް ނަޝީދުގެ ރާގު ބަދަލުވެ އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއަޕް ގުރޫޕަށް ވެސް އެމަނިކުފާނު މެސެޖެއް ފޮނުވި އެވެ. ފައްޔާޒާއި ދެކޮޅުވުމަކީ އެއީ ހެދުނު ގޯހެއްގެ ގޮތުގައި ފާހަގަކޮށް، ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމަށް ނުރުހުންފާޅުކޮށް މެސެޖުތަކެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒިނޭގެ ތުހުމަތުތައް ކުރުމުން ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް ގޮވާލުމުން ރައީސް ނަޝީދު ވަނީ ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭނެ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެކި ކަންކަމުގައި އެމަނިކުފާނު ވިދާޅުވާ ބަސްތަކަށް، އިތުރަށް ވާހަކަ ނުދެއްކުމަށް ގޮވާލި އެވެ.

ތަފާތު އެކި ދުވަސް މަތީން ފައްޔާޒަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ރައީސް ނަޝީދު، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލު ކުރުމަށް ފައްޔާޒުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތުގައި ފައްޔާޒްގެ އެއްބާރުލުން ދިނުމަށް އެދި ހުށަހަޅާފައިވާނެކަމަށާއި، ޕްރެސްއަށް ފަހު ފައްޔާއި ބަދަލު ކުރުމަށް ބޭނުންވާތީ އެކަމަށް އެދި މެސެޖު ވެސް ކުރެއްވި ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ އެ އެދިލެއްވުމަށް ފައްޔާޒް ޖަވާބެއް ދެއްވިކަން ނުވަތަ ނޫންކަން ރައީސް ނަޝީދު ކަށަވަރުކޮށް ނުދެއްވަ އެވެ.

Fayyaz aa idhikolhah erumakee kurevunu goas kameh: Nasheedނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒް ޗެއާޕާސަނަކަށް ވާދަ ކުރައްވާތީ ވެސް ރައީސް ނަޝީދުގެ ނުރުހުން އެކަމަށް އަމާޒުވި އެވެ. އަދި އެމަނިކުފާނާއި އަރިސް މެމްބަރުން މަޖިލީހުގައި ފައްޔާޒާއި ގުޅުވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ.

ރައީސް ނަޝީދުގެ ޖަވާބުތަކަށް އިތުރު ސުވާލުތައް އުފައްދައި ނޫސްވެރިން ވަނީ އެމަނިކުފާނު ފައްޔާޒަށް ކުރެއްވި ތުހުމަތުތައް ނަފީ ވީތޯ ސުވާލުކޮށްފަ އެވެ. ރައީސް ނަޝީދު ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

ދުވަސްތަކަކަށް ފަހު ރައީސް ނަޝީދު މިއަދު މީޑިއާތަކާއި ބައްދަލު ކުރެއްވީ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ހުށަހެޅުންތަކާއި ބެހޭ ތަފްސީލު ދެއްވުމަށެވެ. އަދި ބަރުލަމާނީ ނިޒާމާއި ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. ނަމަވެސް މި ޕްރެސް ފާހަގަ ކުރެވުނީ ސުވާލުތަކަށް އެއްވެސް ސީދާ ޖަވާބެއް ނުދެވުނު، ޕްރެސްއެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: