ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފަލްސަފާއަކީ ބަސްބުނުމަށް ޖާގަ ދިނުމާއި އަނިޔާވެރިނުވުން: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަލްސަފާއަކީ ރައްޔިތުންގެ ބަސްބުނުމުގެ ހައްގު ކަށަވަރުކުރުމާއި އަނިޔާވެރިނުވުންކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ފައްޔާޒުވަނީ އެ ޕާޓީގެ ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނައުމުގައި ގެންގުޅެފައިވާ ވިސްނުމާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައި ވޭތުވެދިޔަ ފަސް އަހަރު ނޫނީ ރާއްޖޭގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީކުރުމަށް ވިސްނި އެއްވެސް ސަރުކާރެއް ނެތްކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ 25 ވަރަކަށް އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރުގައިކޮށްފައިވާ މަސައްކަތްތަކުގެ މިންގަނޑާއި ނުބައްދަލުކަމަށެވެ. އަދި ފުވައްމުލަކަށް ބަލާލުމުން އެކަން ސާފުވެގެންދާކަމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބަލާލިނަމަވެސް ކަން އޮތީ އެގޮތުގެ މަތީގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ފަންސާސް އަހަރާއި އަޅާ ބަލާއިރުވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންކަމުން އެއީ ކޮން ސަބަބަކާއި  ގުޅިގެން ހާސިލުކުރެވުނު ލަނޑުދަނޑިތަކެއް ތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނުކޮށް ތިއްބާ އެމްޑީޕީގެ ސަރުކާރުންވަނީ އެ މަސައްކަތްތައް ކޮށްފައިކަމަށާއި އެހެންނަމަވެސް ވެރިކަން ކުރަން ލިބުނީ ދެ އަހަރުކަމަށްވެސް ހިއްސާކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ކޮވިޑްގެ އިތުރުންވެސް ދުނިޔެ މަތީގައި ފެންމަތިވެގެންދިޔަ މައްސަލަތަކުގެ ސަބަބުން އޭރު ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދިޔަކަމަށެވެ. އެގޮތުން މާލީ ދަތިތަކުގެ އިތުރުން ވަސީލަތްތަކާއި ތަކެތި ހޯދުމުގެ ދަތިތައްވެސް ކުރިމަތިވިކަމަށެވެ. އެހެންކަމުން ހަގީގަތުގައި ރައީސް ސާލިހު މުޅި ރާއްޖެ ބަދަލުކޮށްލެއްވީ ދެ އަހަރާއި ގާތް ކުރާ މުއްދަތެއްގެ ތެރޭގައިކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެކަންކަން ހާސިލުކުރެވުނީ ހިތުގެ އަޑިން ގަބޫލުކުރާތީކަމަށެވެ. އަދި އެހެން ވެރިކަންތަކުގައި ހާސިލުނުކުރެވު ކަމެއް އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެ ޕާޓީގެ ތަސައްވުރުގައި ތަރައްގީގެ ގެނެސްދިނުމާއި މިނިވަންކަން ކަށަވަރުކޮށްދިނުން ހިމެނޭތީކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ ޕާޓީގެ ފަލްސަފާއަކީ އަނިޔާވެރި ނުވުމާއި ރައްޔިތުންގެ ބަސް ބުނުމުގެ ހައްގު ކަށަވަރުކުރުންވެސް ހިމެނޭކަމަށާއި ކޮންމެ ރައްޔިތަކަށްވެސް އަދުލު އިންސާފު ލިބިގެންދިއުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީއިންވަނީ އެކަންކަން ވަރަށް ފުރިހަމައަށް ކޮށްފައިކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެ ހުރިހާ ކަމެއް ހައްގުވަނީ ރައީސް ސާލިހަށާއި އެމަނިކުފާނުގެ ވިސްނުމުގެ މަތިން އެމްޑީޕީއިން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: