ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ގާބިލުކަމެއް ނެތް، ފައްޔާޒަކީ ހިންގުތެރި ބޭފުޅެއް: އަދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ގުނަންތައް ނުހިނގޭކަމަށާއި، ޕާޓީ ހިންގުމަށްޓަަކައި ބޭނުންވަނީ ހިންގުތެރި ބޭފުޅަކުކަމަށާއި ނަމަވެސް ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތި ލައްވައިގެން ހުންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަކީ ހިންގުތެރިކަމެއް ނެތް ބޭފުޅެއްކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ފޯރިގަދަފަވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ތާއީދު ކުރައްވަނީ މި މަގާމަށް ވާދަ ކުރައްވާ އިޤްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލަށްކަމުގައި ހާމަކޮށް ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އެމްޑީޕީ ހިންގިފައި ނުވާ ކަމަށާ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

އިތުރަށް އޭނާ ފާހަގަަ ކުރެއްވީ ޕާޓީގެ ޗެއާޕާސަން ޕާޓީ ހިންގުމަށްޓަކައި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށްފައި ނެތްކަމީ، 100 އިންސައްތައިގެ ޔަގީންކަމެއް އޮތް ކަމެއްކަމަށެެވެ. ދެން އޭނާ ފާހަގަކުރެއްވީ ނަމަވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވާ މިނިސްޓާ ފައްޔާޒް އެކި އެކި ހައިސިއްޔަތުން ރަށްތަކަށް ދަތުރުކުރައްވާކަމެވެ. އަދި އެކި ތަފާތު ހައިސިއްޔަތުތަކުން އެބޭފުޅާގެ ކަންފަތްތަކަށް އިވިވަޑައިގަންނަވާ ވާހަކަތަށް ސަރުކާރާއި ހަމައަށް ގެނެސް އެކަންތައްތައް ކުރަމުންދާތައް ފެންނަކަމުގައިވެސް ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ދަންނަވާނީ ޕާޓީގެ ގުނަންތައް ނުހިގޭކަމަށްކަމުގައި ފާހަގަށްކުރައްވާ ހުސެއިން ވިދާޅުވީ ޕާޓީގެ ހަރަކާތްތަށް ހިންގޭނީ ދައުލަތުން ޕާޓީއަށްދޭ ފައިސާގެ، އެންމެ ކުޑަމިނުން ބޮލުގެ ނިސްބަތުން ދާއިރާތަށް ބަހައިގެން ކަމަށާއި ކޮފީ ބަޖެޓާއި ކަރަންޓު ބަޖެޓަށް ދެއްކޭވަރުގެ ފައިސާތަކެއް ދާއިރާތަކަށް ދޭންޖެހޭކަމުގައެވެ. އަދި މި ފައިސާ ނުދެނީނަމަ ދާއިރާތަކުގެ ރައްޔިތުންނަށް އަމިއްލައަށް މިކަންތައް ކުރެއްވުމަކީ ބުރަކަމަކަށް ވާނެކަމުގައި ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން ހިންގުތެރި ބޭފުޅަކުން ޗެއާޕާސަންކަމަށް އަންނަންޖެހޭކަމަށާއި، މިހާރު މަގާމަށް ކުރިމަތި ލައްވައިގެން ތިބި ދެ ކެޑިޑޭޓުން ތެރެއިން އިމްތިޔާޒް ފަހުމީއަކީ މި ގާބިލުކަމުގެ އިތުރުން މީހުން ގޮވައިގެން އުޅުމުގެ ހުނަރު ހުރި ބޭފުޅެއް ނޫނަކްމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް ފައްޔާޒް އިސްމާއިލަކީ މިއާއި ހިލާފަށް އެފަދަ ގާބިލު ހިންގުތެރި ބޭފުޅެއްކަމުގައި އޭނާ ފާހަގަކުރިއެވެ.

މި އިންތިޙާބު ގިނަ ބަޔަކު ސިފަ ކުރަނީ ދެ ރައީސުންގެ ދެމެދުގައިވާ އިންތިހާބެއްގެ ގޮތުގައެވެ. މިފަދައިން ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި ޕާޓީގައި އޮތީ ދެފެކްޝަނެއް އުފެދި ބައިބައިވެފައިކަންވަނީ އާންމުނަން ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ސޯޝަލް މީޑިއާއިންވެސް ޕާޓީގެ އިސް ބޭފުޅުންގެ ފަރާތުން ފެނިގެން ގޮސްފައެވެ.

ޕާޓީގައި އުފެދިފައިވަނީ ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެކެވެ. އެއް ބަޔަކު ރައީސް ސާލިހުގެ ފަރާތުގައި ތިއްބެވި އިރު ޕާޓީގެ އެއްބައި މެންބަރުން އަންނަނީ އެމަނިކުފާނަށް އިސްގުފާއަށް ގޮވާލަމުންނެވެ. އަދި އެނެއް ބަޔަކަށް ރައީސް ނަޝީދު ޕާޓީން ބޭރު ކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުވެސް އަންނަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: