ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކޮށްފި

20 ވަނަ މަޖިލިސް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ބޭއްވި މި ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވާލާ ދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ހުވާ ކުރެއްވީ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހަފްލާގައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ޕީއެންސީގެ ކަމަށްވާއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން އަމިއްލަ ގޮތުންވެސް ބައެއް މެމްބަރުން މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުންވަނީ ޕީއެންސީ އާއި ގުޅިފައެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އަދަދު 75 އަށް އަރާއިރު، އެމްޑީޕީގައި ތިއްބެވީ 12 މެމްބަރުންނެވެ. އެމްއެންޕީގެ މެމްބަރުންނާއި ޖޭޕީގެ އިތުރުން އެމްޑީއޭއިންވެސްވަނީ މި އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

މި ދައުރުގައި މަޖިލީހުގެ ރައީސްކަން ކުރައްވާނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށްވާއިރު، ނައިބުރައީސްކަމަށް އައްޔަނުކޮށްފައިވަނީ ދިއްގަރު ދާއިރާއަށް އިންތިހާބުވެފައިވާ އަހުމަދު ނާޒިމްކަމަށް ޕީއެންސީއިންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ./

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: