ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަސް ނިމުނުއިރު އާމްދަނީއަށްވުރެ ހަރަދު ބޮޑު: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންްސް މިނިސްޓްރީއިން ހިއްސާކުރާ ވީކްލީ ފިސަކްލް ރިޕޯޓުތަކުގައި އެ މިނިސްޓްރީއިންވަނީ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލުތައް ހިއްސާކޮަށްފައެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން އެ މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައިވަނީ 17.35 ބިލިއަންކަމަށާއި ޖުމުލަކޮށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.86 ބިލިއަން ރުފިޔާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދުތައް ބޮޑުކަން ފެނިގެންދެއެވެ.

ޖުމުލަ ހަރަދުގެ ތެރެއިން ރިކަރެންޓު ހަރަދަކީ 13.78 ބިލިއަން ރުފިޔާކަމަށް ފިނޭންސްއިން ފާހަގަކޮށްފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 3.57 ބިލިއަންގެ ހޭދައެއްކޮށްފައިކާމަށް ބުނެފައިވެއެވެ.

މިދިޔަ އަހަރު މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށްވުރެ މި އަހަރު ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި މި މުއްދަތަކުގެ ތެރޭގައި ލިބިފައިވަނީ 14.15 ބިލިއަން ރުފިޔާކަން ފާހަގަކުރެވެއެވެ. މި އަހަރު މި މުއްދަތުގައި ޖުމުލަ ހަރަދު ކުޑަކަން ތަފާސް ހިސާބުތަކުން ފެނިގެންދާއިރު، މި ދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި 19 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ރިކަރެންޓް ހަރަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 13.11 ބިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށްވުމުން މި އަހަރު މި މުއްދަތުގައި އިތުރަށް 673.3 މިލިއަން ހޭދަކޮށްފައިވާކަން ފެނިގެންދެއެވެ. މި ހަރަދު އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބަކީ މުސާރައާއި އިނާޔަތްތަކަށް ކުރަމުން އައި ހަރަދުތައް އިތުރުވުންކަން ފިނޭންސްގެ މައުލޫމާތުތަކަށް ބެލުމުން އެނގެއެވެ. އެހެންނަމަވެސް ކެޕިޓަލް ހަރަދު ވަނީ ދެ ބައި ކުޅަ އެއް ބަޔާއި ގާތް މިންގަނޑަކަށް ކުޑަކޮށްފައިކަންވެސް ތަފާސް ހިސާބުތަކުން ފެނިގެންދެއެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި 6 ބިލިއަންނަށްވުރެ އިތުރު އަދަދެއް ކެޕިޓަލް ހޭދައިގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.

އާމްދަނީގެ ގޮތުގައި ލިބުނު ޖުމުލަ 14.86 ބިލިއަނުން 12.06 ބިލިއަނަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީކަމަށް ފިނޭންސްއިން މައުލޫމާތު ދީފައިވެއެވެ. އެ މިނިސްޓްރީއިން ބުނެފައިވާގޮތުން ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން މި އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ 2.64 ބިލިއަންކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ޕީއެސްއައިޕީގެ ގޮތުގައި ކުރަމުންދިޔަ ހޭދަވެސް ކުޑަކޮށްފައިކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 4.88 ބިލިއަން ހޭދަކޮށްފައިވާއިރު މި އަހަރު މިހާތަނަށް ހޭދަކުރީ 2.11 ބިލިއަންއެވެ. ހިސާބުތަކުން ދައްކާގޮތުން މި އަހަރު މި މުއްދަތުގައި ސަރުކާރުން ޕީއެސްއައިޕީގެ ގޮތުގައި މިދިޔަ އަހަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވަނީ ދެ ދާއިރާއެއް ތަރައްގީކުރުމަށް ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކަށް މިދިޔަ އަހަރު 12.1 މިލިިއަން ހޭދަކޮށްފައިވާއިރު މި އަހަރު މި މުއްދަތުގައި 42.9 މިލިއަންގެ ހަރަދެއްކޮށްފައިވާކަމަށާއި ވޭސްޓް މެނޭޖުމެންޓަކަށް މިދިޔަ އަހަރު 48.7 މިލިއަން ހަރަދުކުރިއިރު މި އަހަރު 49.6 މިލިއަން ހަރަދުކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: