ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސި ނޫހަކުން ރާއްޖެއަކީ ހަރުކަށި ދައުލަތެއްކަމަށް ސިފަކޮށްފި!

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ނޫހެއްގައި ރާއްޖެއަކީ ޓްރަރިޒަމްގެ މައްސަލަތައް ބޮޑު ގައުމަކަށް ސިފަކޮށް ރިޕޯޓެއް ޝާއިއުކޮށްފިއެވެ.

މަޝްހޫރު ބައިނަލްއަގުވާމީ ނޫހެއްކަމަށްވާ ދަ ޓެލެގްރާފްއިން ހިއްސާކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ރާއްޖެއަކީ އެހެން ގިނަ ގައުމުތަކަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ ދަތުރުވެރިން ޒިޔާރަތްކުރުމަށް މަރުހަބާ ކިޔާ ގައުމެއްކަމަށެވެ. އަދި ރާއްޖޭގެ ދައުަލަތުގެ މާލިއްޔާތަށް އެންމެ ގިނައިން ޓެކްސް ފައިސާ ވައްދަނީވެސް އެ ސިނާއަތުންކަމަށާއި ރާއްޖެއިން ކޮންމެ އަހަރަކުވެސް އެތައް މިލިނެއް ހަރަދުކުރަމުންދާއިރު، ދެމުންދާ މެސެޖަކީ ގަނެވޭ ފެންވަރު ހުރި ނަމަ އައުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މީގެ ކުރިން ގެންގެޅެމުން އައިސްފައިވާ އުސޫލަށް ކޮންމްވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާކަމަށާއި މިހާރު އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެރުން މަނާކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ 6 ވަނަ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަަށް އެތެރެވުން ހުއްޓުވާފައިކަމަށާއި ކުރައްވަމުންދާނީ ފަލަސްތީނަށް ތާއީދުކޮށް އެ ގައުމުގެ ހައްގުގައި ވަކާލާތު ކުރާ މީހެއްގެ ގޮތުގައި ނަން ހޯއްދެވުމުގެ މަސައްކަތްތައް ކަމަށް ބުނެފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ 11000 އިސްރާއީލުގެ ރައްޔިތުންކަމަށެވެ. އަދި މިއީ ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ 0.6 އިންސައްތަކަމަށްވެސް ބުނެފައިވެއެވެ. އެމަނިކުފާނުގެ ނިންމެވުން ތަފާތުކުރުމަށް ޖާގަ ލިބިދާނެކަމަށްވެސް ބުނެައިވާއިރު، އިސްރާއީލަށް ތާއީދުކުރާ ބަޔަކު މީހުން ސޯޝަލްމީޑިއާގައި ރާއްޖެ ބޮއިކޮޓްކުރަން މަސައްކަތްތައް ކުރަމުންދާ ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް އޮފިޝަލުން ނިދި ނުލިބިގެން ނޫޅޭކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ނިންމުމުގެ ނޭދެވޭ ނަތީޖާތައް ފަހުން ފެނިގެންދިއުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން އާންމުކޮށް ފަތުރުވެރިންނަށް ރާއްޖެއކީ ހައިއެންޑް ފަޅުތަކާއި ރިސޯޓުތަކާއި ގުޅުން ހުރި ތަނެއްކަމަށެވެ. އެހެންނަަވެސް ރިސޯޓުތައް ފަދަ ޕްރައިވެޓް ރަށްތަކާއި ހަނީމޫން ސީނުތަކާއި ދުރަށް ދިއުމުން ހަގީގީ ރާއްޖެ ފެނިގެންދާކަމަށާއި ރާއްޖެއަކީ ހަރުކަށި އިސްލާމީ ދައުލަތެއްކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއަކީ ސިޔާސީ ގޮތުންވެސް ހަލަބޮލި ގައުމެއްކަމަށް ބުނެފައިވެއެވެ.

ރާއްޖެއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ މޫނުމަތި ފޮރުވުމަށް މަސައްކަތްކުރަމުންނަމަވެސް މި ފަހުން އުފެދުނު މައްސަލައިގެ ތެރެއިން މިހާރު އެ ސިފަތައް ހާމަވެފައިވާކަމަށް ބުނެފައިވެއެވެ. އަދި މި ދެފުށް ދެގޮތްކަމާއިމެދު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ހައިރާވުންވެސް އެކަށީގެންވާކަމަށާއި ރާއްޖޭގެ ވީރާނާވެފައިވާ މައި ވައިގެ ބަނދަރަށް ޖައްސާ ފަތުރުވެރިން އައުމާއިއެކު ރެޕުން ތިބެނީ އަވަހަށް އެމީހުން ރަަަށަކަށް ފޮނުވާލުމަށް ތައްޔާރުވެގެންކަމަށްވެސް ބުނެފައިވާއިރު ނޫ ފެންގަނޑުގެ އަނެއް ފަރާތުގައި އޮންނަ އާންމު ދިރިއުޅޭ ރަށުގައި ހަމަ އެއްގޮތަށް އަމަލުކުރުމުން ހަރުކަށި އަދަބުލިބޭކަން އެނގެނީ ވޯޓާރ ބަންގަލޯތަކުގައި ކޮކްޓެއިލްތައް ތުނބުޖަހާލައިގެން ތިބީ ފަތުރުވެރިންގެ ތެރެއިން ކިތަށް މީހުންނަށް ތޯވެސް ސުވާލު އުފެއްދިއެވެ.

ރާއްޖޭގެ މި ކަންކަމާއި ގުޅޭގޮތުން ރިސޯޓުތަކުގެ ބްރޯޝާރތަކުގައި މައުލޫމާތު ނުހިމަނާކަމަށް ބުނެފައިވާއިރު ރާއްޖެއިން މި ފަހުން އިސްރާއީލާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ހަގީގީ ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. އެގޮތުން ރާއްޖެއަކީ ވަކި ގޮތަކަށް ހެދުން އެޅުމާއި އާންމު ތަންތާނގައި ގައިގޯޅިވެ އުޅުންވެސް މަނާ ގައުމެއްކަމަށް ފާހަގަކޮށްފައިވާއިރު އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަންވަނީ ޖިނާއީ ކުށްތަކުގެ ގޮތުގައި ކަނޑައެޅިފައިކަމަށާއި ސިޔާސީ މައިދާނުގެ މަސައްކަތްތަކުގެ ތެރެއިން ބައެއް ހާލަތްތަކުގައި އަނިޔާވެރި އަމަލުތައް ހިންގާފައިވާ ފަހަރުތައްވެސް ހުރިކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށްވެސް ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ. އެގޮތުން އާންމު ހާލަތެއްގައި އޮންނަ އުސޫލުން ވާތާއި ކަނާތު ފިޔައިގެ ޕާޓީތަކަށް ބެހިގެން މަސައްކަތްތައް ކުރެވިގެންދިއުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް އޮންނަނީ އަމިއްލަ މަންފާތަކެއް ހާސިލުކުރުމުގެ މަގުސަދުގައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.

ސްޓްރެޓީޖިކް ސްޓަޑީސްގެ ބައިނަލްއަގުވާމީ އިންސްޓިޓިއުޓްގެ ރީސާރޗަރެއްކަމަށްވާ ވިރާޖް ސޮލަންކީ ބުނެފައިވާގޮތުން މި ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހަަށްވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު ރާއްޖެއިން ގެންގުޅެމުންދަނީ އަޑުގަދަ ގައުމީ ސިޔާސަތުތަކެއްކަމަށާއި މިފަހުން ތަރައްގީގެ މަސައްކަތްތައް ކުރަމުން އައިސްފަވައިވަނީ ރާއްޖެ އިސްކޮށް ރާއްޖޭގެ މިނިވަންކަން އިސްކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

ވިރާޖް ސޮލަންކީގެ ވާހަކަތަކާއި މިވަގުތު ރާއްޖޭގެ ހާލަތާއި ދިމާވާކަމަށް ރިޕޯޓުގައި ސިފަކޮށްފައިވެއެވެ އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޯލްޑިވްސް ފަސްޓް ޝިޔާރުގެ ދަށުން ކުރެވުނު ކެމްޕެއިންތަކަކީ ޓްރަމްޕު ކުރެއްވި ފަދަ ގައުމީ ކެމްޕެއިންނެއްކަމަށާއި އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކެމްޕެއިންކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުންވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަައަކީ ޓެރަރިޒަމްކަމަށް ރިޕޯޓުގައި ސިފަކޮށްފައެވެ. އެގޮތުން ނިސްބަތުން އެންމެ ގިނަ ރެކްރޫޓުން އައިއެސް ޖަމާއަތާއި ގުޅިފައިވާ ގައުމަކީ ރާއްޖެކަމަށް ވިރާޖް ސޮލަންކީ މައުލޫމާތު ދީފައިވާކަމަށް ފާހަގަކޯށްފައިވާއިރު ދާދި ފަހުން ގިނައިން އަންހެނުން ހިމެނޭހެން ސީރިއާގައި ތިބި 21 ދިވެހި ރައްޔިތަކު އަނބުރާ ގައުމަށް ގެނެސް މުޖުތަމައަށް އަހުލުވެރިކުރުން ފަދަ ތަމްރީނުތައް ދެމުންދާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖެއަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ މީހުން ދެވަނަ ވިސްނުމަކަށް ދާން ރަނގަޅުކަމަށް ރިޕޯޓުގައި ދޭކޮށްފައިވާއިރު މީގެ އަހަރުތަކެއް ކުރިން ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާގައި އިނގިރޭސި ފަތުރުވެރިއަކަށް އަނިޔާ ލިބުނުކަމަށާއި 2020 ގައިވެސް ވަޅިއަކުން ފަތުރުވެރިންތަކަަށް ހަމަލާދިން މައްސަލައެއް ފެންމަތިވިކަމަށް ރިޕޯޓުގައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިންގެ ސަލާމަތަށް ނުރައްކާތައް ހުރި މިންގަނޑުތައް ދަށްކަމަށް ބުނެފައިވާނަމަވެސް މި ގައުމަކީ އޮޅުން ބޮޅުން އަރާފައިވާ ގިނަ ފުށުއެރުންތަކެއް ހުރި ގައުމެއްކަމަށާއި އެންޓި އިސްރާއީލު ޕޮއިންޓުކޮޅެއް ހޯދުމުގެ މަގުސަދުގައި މުޅި ދުނިޔޭގެ ސަމާލުކަމަށް މި މައުލޫމާތުތައް ގެނައުމަކީ ރާއްޖެއިން ބައިކޮޅަށް ޖަހާލާފައިވާ ލަނޑެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: