ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ބަޖެޓުގެ 37.73 ޕަސެންޓް ބޭނުންކޮށްފި!

ފިނޭންސް މިނިސްޓަރު ޝަފީގް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 37.73 އިންސައްތައް ބޭނުންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ ހަފްތާގެ ތަފާސް ހިސާބުތަކުގައި ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބަޖެޓުން ކޮށްފައިވާ ބޭނުންތަކާއި މާލީ ކަންކަން ހުރި ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން އެ ދުވަހުގެ ނިޔަލަށް 17.82 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން މި މުއްދަތަކުގައި ސަރުކާރުގެ ހަރަދުތައްވަނީ ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައެވެ. އެގޮތުން ލިބުނު ޖުމްލަ އާމްދަނީ ހުރީ 15.40 ބިލިއަންގައިކަމަށްވާއިރު ހަރަދުތައްހުރީ 17.82 ބިލިއަންގައިކަމަށާއި މުސާރަދިނުން ފަދަ ކަންކަން ކުރުމަށްޓަކައި ރިކަރެޓް ހަރަދުގެ ގޮތުގައި 14.20 ބިލިއަން ހަރަދުވިކަމަށް ބުނެފައިވާއިރު ބާކީ 3.63 ބިލިއަނަކީ ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ކޮށްފައިވާ ހޭދަކަަމަށް ހިއްސާކޮށްފަިއވެއެވެ.

ޖުމުލަ އާމްދަނީއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 12.47 ބިލިއަންކަމަށް ފިނޭންސްއިން މައުލޫމާތު ދީފައިވެއެވެ. އަދި އެހެނިހެން ގޮތް ގޮތުން ޖޫން މަހުގެ 6 ،ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ އަދަދުތައް ހުރީ 2.77 ބިލިއަންގައިކަމަށް ރިޕޯޓުގައިވެއެވެ.

2023 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މުސާރަ ދިނުމުގެ ގޮތުން ކޮށްފައިވާ ހޭދަވަނީ 551.9 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. ނިމިދިޔަ އަހަރު މި މުއްދަތުގައި މުސާރައިގެ ގޮތުގައި ހަރަދުކޮށްފައިވަނީ 4.97 ބިލިއަންކަމަށްވާއިރު މި އަހަރު 5.52 ބިލިއަން ހަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީ ހަރަދުތައްވެސްވަނީ ކުޑަވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 5.36 ބިލިއަންގެ ހަރަދެއް ކުރިނަމަވެސް މި އަހަރު ހަރަދުކޮށްފައިވަނީ 2.15 ބިލިއަން ކަމަށް ފިނޭންސްއިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: