ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި އާއިލާތަކުގެ ތެރެއިން ހަނގުރާމަވެރި ސަރަހައްދުތަކުން ނުގެނެވި ގިނައިން ތިބީ ކުޑަކުދިން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ތިބި ދިވެހިންގެ ތެރޭގައި ނުގެނެވި ތިބި ގިނަ މީހުންނަކީ ކުޑަކުދިންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އޮޅުވާލައިގެންނާއި، އެ ނޫން ވެސް ގޮތްގޮތުން ސީރިއާއަށް އެތެރެވި ދިވެހިންގެ ޖުމްލަ އަދަދު މިހާތަނަށް އައިއިރު ދެނެގަނެވިފައި ނުވެ އެވެ. ގިނަ ބަޔަކު ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާއިރު، އެތައް ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން އެނބުރި އައުމަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ގިނައީ، ހަނގުރާމައަށް ދިއުމުގެ ގޮތުން އޮޅުވާލައިގެން ނުވަތަ ދާތަނެއް ނޭނގި އެތެރެވި މީހުންނެވެ.

އަންހެނުންނާއި ކުޑަކުދިންތައް އަނބުރާ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، ރާއްޖެއަށް އެންމެ ފަހުން ގެނައި އާއިލާތަކުގެ މައުލޫމާތުތައް ދިނުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑުން ވަކި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު އިހުސާންވަނީ ސީރިއާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސްފައިވާ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަދިވެސް ނުގެނެވި ތިބިކަން ހާމަކުރައްވާފައެވެ. އެގޮތުން 100 އަށްވުރެ ގިނަ މީހުން ނުގެނެވިތިބިކަމަށް މައުލޫމާތު ދެއްވިއިރު އެ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ކުދިންނަކީ ދިވެއްސެއްގެ ކުދިން ތޯ ”ބަޔޯމެޓްރިކަލީ“ ދެނަގަތުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އަދި އެއީ ދަތި އުނދަގޫ ބޮޑު މަސައްކަތްތަކެއްކަމަށްވެސް ހިއްސާކުރެއްވިއެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށާއި އެންމެ ފުރަތަމަ ކަމަކީ ދިވެހިން ގޮސް ތިބި ސަރަހައްދުތަކަށް ހޯމް މިނިސްޓްރީގެ ޓީމުތަކަށް އެކްސެސް ހޯދުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއީ ހާރިޖީ މަސައްކަތްތަކެއްކަމަށެވެ. އަދި މިހާރު ރާއްޖޭގެ ފޮރިން މިނިސްޓްރީއިންދަނީ އެ މަސައްކަތްތައް ކުރަމުންކަމަށްވެސް ވިދާޅުވިއެވެ.

އެ ސަރަހައްދުތަކުގައި ތިބި ހާލަތުގެ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ލިބިފައިނުވާއިރު، މިނިސްޓަރ ވިދާޅުވީ ހަނގުރާމަވެރި ސަރަހައްދުތަކުގައި މިވަގުތު ވެސް ތިބި ދިވެހިންގެ އަދަދު ސަތޭކައަށް ވުރެ ގިނަ މީހުން ތިބިއިރު އެނބުރި އަންނަން ބޭނުންވާތީ 100 އެއްހާ މީހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަދަދުތައް ޔަގީން ކުރެވިފައި ނުވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ ބައެއް އާއިލާތަކުން މެމްބަރުންނާއި ގުޅޭގޮތުން ސިޓީތައް ފޮނުވާފައިވާކަމަށާއި އެ މީހުންނަށް ވެސް މާބޮޑު ތަފްސީލެއް ނޭނގޭތީ އެ މީހުން ތިބެދާނެކަމަށް ބެލެވޭ ސަރަހައްދުތައް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ހަނގުރާމައަށް ދިއުމާއު، ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއްކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެ މީހުންނާއި ގުޅޭ އެސެސްމަންޓުތައް ހަދައި، ހަނގުރާމައިގައި ބައިވެރިވެފައި ވޭތޯ ދެނެގަންނާނެކަމަށް އިހުސާން ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: