ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭބާ ކުއާޓާރތައް ހެދުމަށް ޕްރޮޕޯސަލް ހުށައެޅީ މެލޭޝިއާގެ ކުންފުނިން އަމިއްލައަށް އިސްނަގައިގެން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން ---
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭބާރ ކުއާޓާރތަކެއް ހެދުމަށް ހުށައެޅީ މެލޭޝިއާގެ ކުންފުނިން އިސްނައިގެންކަމަށާއި އެ ޕްރޮޕޯސަލްއަކީ ރަނގަޅު ހުށައެޅުމެއް ކަމަށްވުމުން އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީގެ ނަމުގައި ލޭބާރ ކުއާޓާރތަކެއް ބިނާކުރުމުގެ މަސައްކަތްތައް މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރުމާއިއެކު ”ސަންގު“ އިންވަނީ މިކަމުގެ މައުލޫމާތު ހޯދުމުގެ ގޮތުން މިނިސްޓަރު އިހުސާން އާއި ސުވާލުކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ، ލޭބަރުން ބައިތިއްބަން ކުއާޓާރތަކެއް ބިނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ އަންސްކިލްޑް ލޭބަރުން އުޅޭ ތަންތަނުގައިކަމަށެވެ. އެގޮތުން މާލެ ހުޅުމާލެ އަދި ތިލަފުށީގައި އެފަދަ ތަންތަން ބިނާކުރުމަށް މަޝްވަރާ ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ބިދޭސީންނަށް މުސާރަ ދޭއިރު 1500 ރުފިޔާ އާއި 2000 ރުފިޔާ އާއި ގާތް ކުރާ އަދަދެއް އެކަމަޑޭޝަންގެ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ކުންފުންޏަކުންވެސް ދޭކަމަށެވެ. އެހެންކަމުން ސަރުކާރުން ހިޔާލުކުރަނީ އެ އަދަދާއި އެއް ހަމަވާ ފަދަ ހިދުމަތްތަކެއް ލިބޭނެ ގޮތަކަށް މި މަސައްކަތްތައް ބައްޓަން ކުރަންކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި ރާވަމުންދަނިކޮށް މެލޭޝިއާގެ ކުންފުންޏަކުން އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮޕޯސަލްއެއް ފޮނުވިކަމަށާއި އެކަމަޑޭޝަން ބްލޮކްތައް އެޅުމަށް ހުށައެޅި ކުންފުނިންވަނީ ގިނަ ސެކިއުރިޓީ ފީޗާޒްވެސް އެތަންތަނުގައި ހިމަނާފައިކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ފޭޝަލް ރެކޮގްނިޝަން ފަދަ ކަންކަން ހިމަނައިގެން އެތަންތަން ފަރުމާކޮށްދިނުމަށް ކުންފުނިންވަނީ ހުށައަޅާފައިކަމަށެވެ. އެހެންކަމުން އިންވެސްޓް މޯލްޑިވްސްއާއި އިކޮނޮމިކް ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު ނިންމައި އެވޯޑް ކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް އެވޯޑުކުރީ އެންމެ ފަހުގެ ނިންމުންތައް އަދި މަޝްވަރާތަކަށް ފަހު ނިންމާ ގޮތުގެ މަތިންކަމަށާއި ތަންތަނުގައި އެކަމަޑޭޝަން އަޅަންޖެހޭ މިންވަރު ފަދަ ބައެއް ކަންކަން އަދި ކަނޑައެޅި ނިމިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މީހެއްގެ އަތުން އެތަންތަން ބޭނުންކުރުމަށްޓަކައި ޗާޖު ކުރާނެ ވަރު ފަދަ ބައެއް ކަންކަން ކަނޑައެޅި ނިމިފައިނުވާކަމަށެވެ. އެހެންނަމަވެސް އާންމުކޮށް މީހުންނަށް ދޭ އެލަވެންސުން ކަވާރ ކުރެވޭނެ ވަރުގެ ތަނަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށާއި އެ ފައިސާއަކީ ސަރުކާރުން ކުރާ ހަރަދެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، މިހާރު މާލޭގެ އެކި ތަންތަނުގައި އެކަމަޑޭޝަންތައް ހަދައިގެން ތިބޭ އިރު އަލިފާނުގެ ހާދިސާއެއް ހިނގުމުން އެތަނުގައި ތިބި މީހުން ދެނެގަތުންވެސް ދަތި ކަމަކަށް ވެގެންދާކަމަށެވެ. އަދި މައްސަލަ އޮތީ އެފަދަ ހާލަތެއްގައިކަމަށްވާއިރު ހައްލެއް ގެނައުމުގެ ގޮތުން ބިނާކުުރުމަށް މަސައްކަތްކުރަމުންދާ ފެސިލިޓީތަކުގައި ފިހާރަ އާއި މުނިފޫހިފިލުވުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ގާއިމުކުރެވިގެންދާނެކަމަށާއި އެ ހިސާބުން ރަށުގެ އެކި ސަރަހައްދުތަކުގައި ހިދުމަތްތައް ލިބިގަތުމަށް ހަރަކާތްތެރިވުމުގެ ދަތިތަކާއި އެ މީހުންނަށް ކުރިމަތިލާން ޖެހުންވެސް ނިމުމަކަށް އަންނާނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތްތަކެއް ނަމަވެސް އަމަލީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ނުދަނީސް ބޭރުގެ ކުންފުންޏަކުން ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅުމުން މިނިސްޓްރީއިން ވަނީ އެ ހުށައެޅުމާއިއެކު ކުރިއަށް ދިއުމަށް ނިންމާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: